English Edition
Dhivehi Edition
އެންދަމަން ފީނިމީހާ ހޯދަން ކޯސްޓްގާޑް ހަރަކާތްތެރިވަނީ/ފޮޓޯ އެމްއެންޑީއެފް

ފުޅި އަޅައިގެން އެންދަމަން ފީނި މީހެއްގެ ޚަބަރު ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑުން ޙަރަކާތްތެރިވާން ފަށައިފިއެވެ.

އެންއެންޑީއެފްގެ މީޑިއާ އފިޝަލް ވިދާޅުވީ މިމީހާ ފީނާފައިވަނީ ގދ.ކޮނޮއްޓާ ރިސޯޓް މޯލްޑިވްސްގެ ހުޅަނގުން 2.5 ނޯޓިކަލް މޭލު ބޭރަށްކަމަށާއި

މިހާދިސާގެ ރިޕޯޓް މިރޭ 08:12 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާއަށް ލިބުމާއެކު އެ އޭރިއާ ހާބަރކްރާފްޓް ލޯންޗް ވަނީ ވަގުތުން ހަރަކާތްތެރިވާން ފަށާފައިކަމަށެވެ. މިހާދިސާގައި ޚަބަރެއް ނުވެގެން ހޯދަމުން ދަނީ “އަސްދާން” ނަމަކަށް ކިޔާ ދޯނިން އެންދަމަން ފޭބި އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިމީހާ ފީނަން ފޭބިއިރު، ލައިގެން ހުރީ ކަޅުކުލައިގެ ޑައިވިންގ ސޫޓަކާއި ކަޅުކުލައިގެ ފިންސަކާއި އަދި އަޅައިގެން ހުރީ ކަޅުކުލައިގެ މާސްކެއް ކަމަށް ކޯސްޓްގާޑަށް ވަނީ މަޢުލޫމާތު ދެއްވާފައެވެ.

މީނާއާ ބެހޭ އެއްވެސް ޚަބަރެއް ވޭތޯ މިސަރަޙައްދުން ދަތުރުކުރާ އުޅަނދު ފަހަރުންނާއި މި ހިސާބުގެ ރަށް ތަކުން ބަލައިދިނުމަކީ އެމްއެންޑީއެފް ކޯސްޓްގާޑްގެ އެދުމެކެވެ. އަދި މީނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވައި ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވައި ދެއްވުމަށްވެސް އެފަރާތުން އެދެއެވެ.