English Edition
Dhivehi Edition

މާލޭގެ ލޮކްޑައުންގެ މުއްދަތު އިތުރު 24 ގަޑިއިރަށް އިތުރުކުރަން އެޗްޕީއޭއިން ނިންމައި އެކަން އިއުލާންކޮށްފި އެވެ.

ކޮވިޑް19 ޖެހިފައިވާ މީހަކު މާލެއިން ފެނުމާ ގުޅިގެން، އިއްޔެ 24 ގަޑިއިރަށް މާލެ ބަންދުކުރުމަށް އެޗްޕީއޭ އިން ނިންމާފައިވާއިރު މި ގަޑި އިތުރުކޮށްފައިވާކަން އެންގުމަށް އެޗްޕީއޭ އިން ކުރި އިއުލާންގައި ބުނީ 15 އެޕްރީލްގައިކޮށްފައިވާ އިއުލާނާ ހަވާލާދީ މާލެ ލޮކްޑައުންގެ ވަގުތު އިތުރު ސައުވީސް ގަޑިއިރަށް އިތުރުކޮށްފައިވާ ކަަމަށެވެ.

އިއްޔެ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރުނު ބަޔާނެއްގައި ވަނީ 24 ގަޑިއިރަށް މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމުތަންތަނަށް ނިކުތުން މަނާކޮށްފައެވެ. އަދި ހުޅުމާލެ އާއި މާލެ އަދި ވިލިމާލޭގައި ފެރީ އަދި ބަހުގެ ހިދުމަތް ހުއްޓާލުމަށް އަންގާފައިވާއިރު މި ރަށްތަކުގެ އިތުރުން ގުޅީފަޅާއި ތިލަފުށްޓަށްވެސް މީހުން އަރާ ފޭބުންވަނީ މަނާކޮށްފައެވެ.

އިއްޔެ މާލެއިން މި ބައްޔަށް ޕޮޒިޓިވްވެފައިވާ މީހާއާއި ކޮންޓެކްޓްވެފައިވާ އިތުރު ދެމީހަކު ޕޮޒިޓިވްވެފައިވާ އިރު އެޗްޕީއޭ އިން އަންނަނީ ކޮންޓްރެކްޓް ޓްރޭސިންގެ މަސައްކަތް ކޮށް ބަލި ފެތުރުނަ ނުދިނުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.