English Edition
Dhivehi Edition
އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ މަންޒަރެއް - ފޮޓޯ: ޢާއިޝަތު ނަޖް

އިއްޔެ މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ފަރާތާއި ޑައިރެކްޓް ކޮންޓެކްޓްވި އައްޑޫ ސިޓީ ހިތަދޫ މީހާގެ ސާމްޕަލް މޫސުން ގޯސްވުމުގެ ސަބަބުން މިއަދު ހެނދުނު ނުފޮނުވުނު ކަމަށް އައްޑޫސިޓީގެ މޭޔަރ ޢަބްދުﷲ ޞާދިޤު ވިދާޅުވެއްޖެއެވެ.

މި މަހުގެ 14 ވަނަ ދުވަހު އެއާރ ބަސް ފްލައިޓުން އައްޑޫ ސިޓީއަށް އައި މި މީހާގެ ސާމްޕަލް އިއްޔެ ނަގާފައިވާއިރު މިއަދު ހެނދުނު އެ ސާމްޕަލްތައް މާލެ ފޮނުވުމަށް ކުރިން ވަނީ ނިންމާފައެވެ. އައްޑޫ އާއި މާލެ އާއި ދޭތެރޭ ކުރަމުންއައި ވައިގެ ދަތުރުތައް ހުއްޓާލުމާއި ގުޅިގެން ސާމްޕަލްތައް މާލެ ފޮނުވުމަށް ނިންމާފައިވަނީ އެމްއެންޑީއެފް ހެލިކޮޕްޓަރުންނެވެ. އެހެންނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން ހެނދުނު ސާމްޕަލްތައް މާލެއަށް ފޮނުވިފައިނުވާއިރު މިއަދު މެންދުރުފަހުގެ ވަގުތެއްގައި ސާމްޕަލް މާލެ ފޮނުވާލުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ސޯބެ ވިދާޅުވިއެވެ.

އިއްޔެ މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ފުރަތަމަ މީހާގެ ކޮންޓެކްޓް ޓްރޭސިންގ މަސައްކަތުގެ ތެރެއިން ފާހަގަކުރެވިގެން އައްޑޫ ސިޓީ ހިތަދޫ ނޫމަސްވާދީ، މިހާރު މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައިވާއިރު އެގޭގެ އިތުރުން ހ. ރަތްކުރެދި އިމާރާތުގެ 4 ވަނަ ފަނގިފިލާ އާއި މ. ޖަރީމާގެ ވެސް މިހާރު ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެވިފައި ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

އިއްޔެ ޕޮޒިޓިވްވި މީހާއާއި ކޮންޓެކްޓްވެފައިވާ އިތުރު ދެ ފަރާތެއް މިހާތަނަށް މި ބައްޔަށް ޕޮޒިޓިވްވެފައިވާއިރު މާލެއާއި، ރިސޯޓުތަކުން އައްޑޫ ސިޓީއަށް އަންނަ މީހުން 14 ދުވަސް ވަންދެން ގޭގައި މަޑުކޮށްދިނުމަށް އައްޑޫ ޓާސްކްފޯސް ޓީމުންވަނީ އެދިފައެވެ. އަދި ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ އެޗްޕީއޭ ގެ ހޮޓްލައިން 1676 އަށް ގުޅުއްވުމަށް ވެސްވަނީ އިލްތިމާޒްކޮށްފައެވެ.

 

 

2 ކޮމެންޓް
އާނު
އޭޕްރީލް 16, 2020
ބަލަ ދެން އައްޑޫ އިން ނިހެދެނީޔާ ޓެސްޓް
އައްޑޫމީހާ
އޭޕްރީލް 16, 2020
ގަވާއިދު ހަދާކަލަކި، ކޮންމިޔަސްވަރަކަށް ބަލަފެއި ހެދުން މުހިއްމު. ރިސޯޓްތަކުން އޭމީހުން އެނީ ފަތުރުވެރިން ރިސޯޓުން ފުރާތާން 14 ދުވަސްފަހުން. އެ ދުަވަސްތައް ގަނާފައްޓަނީ، ފަތުރުވެރިޔާ ފުރާދުވަހުން ފައްޓަގެން، ވީމެއި 14 ދުވަސް ގޭމަޑަކެރުމުގެ ބޭުނުމަކީ ކޮބާ؟