English Edition
Dhivehi Edition
ރައީސުލްޖުމްހޫރިއްޔާ ކޮވިޑް-19 އާއި ގުޅޭގޮތުން ޑަބްލިއު.އެޗް.އޯގެ ޑިރެކްޓަރ ޖެނެރަލްއާއި ފޯނުން ގުޅުއްވައި މަޝްވަރާކުރައްވަނީ - ފޮޓޯ: ރައީސް އޮފީސް

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ޤައުމާއި މުޚާތަބް ކުރައްވާ ވާހަކަ ފުޅު ދައްކަވައިފިއެވެ. ވަރަށްބޮޑަށް ފެންކަޅިވެ ކީރިތި ކުރައްވަމުން އެމަނިކްފާން ހުންނަވާ

ދެއްކެވި ވާހަކަފުޅުގައި އަސަރާއެކު ވިދާޅުވީ މިއަދު ޕޮޒިޓިވް ވި ފަރާތުގެ ޑައިރެކްޓް ޓްރޭސިން ނިމެންދެން 24 ގަޑިއިރަށް މާލެ ސަރަޙައްދު ލޮކްޑައުން ކޮށްފައިމިވާ ދަނޑިވަޅުގައި ރައްޔިތުން ކެތްތެރި ވުމަށާއި މިކަމަށް އެއްބާރުލުން ދެއްވުމަށެވެ.

މިއީ ޢާއްމު ދިރިއުޅުމަށް ނުހަނު ދަތިވާނެ ކަމެއް ކަމަށާއި އެހެންނަމަވެސް މުޅިމުޖުތަމަޢުގެ ސްލާމަތާއި ރައްކާތެރި ކަމަށްޓަކައި އެޅުނު މި މުހިއްމު ފިޔަވަޅާއެކު ކެތްތެރިކަމާއި ޙިކުމަތްތެރި ކަމާއެކު މިކަމުން އަރައިގަތުމަށް މަސައްކަތް ކުރުމަށް ރައީސް ގޮވާލެއްވިއެވެ.

ރައީސްގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން މިވަގުތަށް ބޭނުންވާ ވަރަށް ރާއްޖޭގައި ކާބޯ ތަކެއްޗާއި ޒަރުރީ ބޭނުންތަކަށް ރަނގަޅު މިންވަރަކަށް ތަކެތި ހުރިކަން ވަނީ ހާމަ ކުރައްވާފައެވެ. މިކަމާގުޅޭ އިތުރު ތަފްސީލު ކަމާބެހޭ އިދާރާ ތަކުން ފޯރު ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅު ވިއެވެ.

މީގެ އިތުރުން ޓެކްނިކަލް ޓީމްތަކުންވެސް ކަމާގުޅުންހުރި މަޢުލޫމާތުތައް ހާމަކުރަމުން ގެންދާނެ ކަމަށާއި އޯގާތެރިކަމާއި އެކުވެރި ކަމާއެކު ހުރިހާ ބޭފުޅުންވެސް މުޢާމަލާތު ކުރުމަށް ރައީސްވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ރައީސްގެ އަސަރުގަދަ މެސެޖްގައި ކެތްތެރިކަން އިސްކުރުމަށާއި އިސްލާމް ދީނުގެ މަތިވެރި އުސޫލުގެ ތެރެއިން ވެސް އެޅެން އޮތް އެންމެ މުހިއްމު ފިޔަވަޅަކީ ބޭރުތެރެއަށް ނުނިކުމެ ތިބުމާއެކު ސާފުތާހިރުކަމުގެ މިންގަނޑުތަކަށް ފުރިހަމަޔަށް ބޯލެނބުންކަން އެމަނިކްފާނު ފާހަގަ ކުރައްވާ ނަސޭޙަތްތެރިވެ ވަޑައިގެންނެވިއެވެ.