English Edition
Dhivehi Edition
ސިނަމާލެ ބްރިޖު--- ފޮޓޯ : ސޯޝަލް މީޑިއާ

ސިނަމާލެ ބްރިޖުގެ ފެންސުގައި ޖެހި ލޮރީއެއް އެކްސިޑެންޓުވެއްޖެ އެވެ.

ފުލުހުން މިއަދު ބުނީ މާލެއިން ހުޅުމާލެ އަށް ދުއްވާފައިދިޔަ ލޮރީއެއް ހުޅުލެއާ ވީ ހިސާބުން ބްރިޖު ފެންސުގައި ޖެހި އެކްސިޑެންޓެއް ވެފައިވާކަމުގެ މަޢުލޫމާތު މިއަދު 13:53 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

މީގެ އިތުރުން އެ އެކްސިޑެންޓް ހިނގިއިރު ލޮރީ ދުއްވަން އިނީ ލޮރީ ދުއްވުމުގެ ލައިސަންސް އޮންނަ އުމުރުން 55 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށްވެސް ފުލުހުން ބުނެއެވެ.

އަދި އެ އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ނުވާ ކަމަށާއި، ނަމަވެސް ލޮރީގެ ކުރީކޮޅު ވަރަށް ބޮޑަށް ހަލާކުވެ އަދި ބްރިޖުގެ ފެންސުން 03 ފޫޓުހާ ތަން ފެޅި، ބިންދައިގެން ގޮސްފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މިހާރު އެ މައްސަލަ ތަޙުޤީޤު ކުރަމުން އަންނަ ކަމަށެވެ.