އިންޑިއާގެ އުއްތަރްޕްރަދޭޝްގެ އަވަށެއް ކަމަށްވާ ސަހަރަންޕޫރްގެ ދެމަފިރިއަކަށް ލިބުނު އަލަތު ފިރިހެން ދަރިފުޅުގެ ނަމަކަށް “ސެނިޓައިޒަރ” ގެ ނަމުން ނަންދީފިއެވެ.
މިހާރު ދުނިޔޭގައި ފެތުރެމުން އަންނަ ނުރައްކާތެރި ބަލިކަމަށްވާ ކޮރޯނާ ވައިރަސް އާއި ގުޅުވައިގެން އިންޑިއާގައި ކުދިންނަށް ނަންދިނުން މިހާރު އާންމު ވެފައިވާ މިދަނޑިވަޅުގައި މި ދެމަފިރިން މި ކުއްޖާ އަށް ނަންދިނީ އިންޑިއާގެ ބޮޑުވަޒީރަށް ކޮންޓްރިބިއުޓެއް ދިނުމުގެ ގޮތުން ކަމަށް އެދެމަފިރިން ބުނެއެވެ.
މިދެމަފިިރިންނަށް މީގެ ކުރިން ވަނީ ދެ އަންހެން ކުދިން ލިބިފައެވެ. މިދިޔަ އާދީއްތަދުވަހު އުފަންވީ މި ތުއްތު ކުއްޖާގެ ބައްޕަ ކަމަށްވާ އޮމްވީރު ސިންގ ބުނީ، އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ކޮރޯނާ ވައިރަސް އާއި ގުޅިގެން ހުރިހާ އެންމެން ސެނިޓައިޒަރ ބޭނުންކޮށްގެން އަތްދޮތުމަށް އެދިލައްވާތީ އެކަމުން އެންމެނަށް ހިތްވަރު ލިބިގަތުމުގެ ގޮތުން ދަރިފުޅަށް އެ ނަން ދިނީކަމަށެވެ.
މީގެ ކުރިން ޗައްދިޝްގަރަށް އުފަންވީ ޓްވިންސް ދެކުއްޖަކަށް “ކޮވިޑް” އަދި “ކޮރޯނާ” ނަމަކަށް ކިޔާފައިވާ އިރު މިދިޔަ ހަފްތާގައި އުއްތަރްޕްރަދޭޝްގެ އެހެން ދެމަފިރިއަކަށް ލިބުނު ފިރިހެން ކުއްޖަކަށް ވަނީ “ލޮކްޑައުން” ގެ ނަމުން ނަންކިޔާފައެވެ.
ކޮވިޑް19 ޕެންޑަމިކް އާއި ގުޅުވައިގެން, އަލަށް އުފަންވާ ކުދިންނަށް ނަންދިނުން އިންޑިއާގައި މިހާރު ވަނީ އާ ޓްރެންޑަކަށް ވެފައެވެ.