English Edition
Dhivehi Edition
ދ.ކުޑަހުވަދޫގައި މިއަދު ހިނގި އެކްސިޑޭންޓްގެ ތެރެއިން/ފޮޓޯ ޕޮލިސް

ދ.ކުޑަހުވަދޫގައި ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލްނުވެ އެކްސިޑެންޓެއް ހިނގައިފިއެވެ. ފުލުހުން ވިދާޅުވީ މިއަދު 6.15 އެހާކަށް ހާއިރު ދ. ކުޑަހުވަދޫ މެރިންޑްރައިވް މަގުގެ އިރުން ހުޅަނގަށް ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ އެމަގުގައި ހުރި ކެފޭއެއްގެ ކުރިމަތީ ޕާކްކޮށްފައިހުރި 3 ސައިކަލެއްގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ.

މި އެކްސިޑެންޓްގައި ދުއްވާފައިދިޔަ ސައިކަލުގައި ތިބި ދެމީހުންގެ ތެރެއިން ސައިކަލް ދުއްވަން އިން 18 އަހަރުގެ މީހާގެ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް ކަމަށް ފުލުހުން ހާމަ ކުރެއެވެ.

އެކްސިޑެންޓްގައި މި މީހާގެ ގައިގެ އެކި ތަންތަންވަނީ މަށައިގެން ގޮސްފައެވެ. ސައިކަލްގެ ފަހަތުގައި އިން 18 އަހަރުގެ މީހާގެ ކަނާތުފައިގެ ކުޑަހުޅު ދުޅަވެ ބޯފަޅައިގެންދިއުމުގެ އިތުރަށް ގައިގެ އެކި ތަންތަން މަށައިގެން ގޮސްފައި ވާކަމަށް ފުލުހުން މަޢުލޫމާތު ދެއްވައެވެ. އެކްސިޑެންޓްގައި ދުއްވާފައި ދިޔަ ސައިކަލާއި ޕާކްކޮށްފައިހުރި ސައިކަލްތަކަށް ވަނީ އެކި ވަރުގެ ގެއްލުން ވެފައެވެ.

މިމައްސަލަ ދަނީ ފުލުހުން ތަޙުޤީޤު ކުރަމުންނެވެ.