އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން އައްޑޫ ސިޓީ މަރަދޫފޭދޫގައި ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މަރަދޫފޭދޫގައި މީހަކު މަސްތުވާތަކެތި ގެންގުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 63 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށެވެ.
މި އެޕްރީލް މަހުގެ 9 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ބޮޑު ދެ ރަބަރު ޕެކެޓު ފެނިފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
އެ މައްސަލަ އައްޑޫސިޓީ ގަން ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.
މި ހިނގާ އޭޕްރީލް މަހުގެ 07 ވަނަ ދުވަހުވެސް އައްޑޫ ސިޓީ ފޭދޫން މަސްތުވާތަކެތި ހޯދައި މަރަދޫން ބަނގުރާފުޅި ތަކަކާއެކު ދެ މީހަކު ވަނީ. ހައްޔަރުކޮށްފަ އެވެ.