English Edition
Dhivehi Edition

މާލޭސިޓީ އަށް ނެރެފައިވާ ކާފިއު ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އުވާލައިފިއެވެ.

އެޗްޕީއޭއިން ދާދި ދެންމެ އަކު ކުރި ޓްވީޓެއްގައި ބުނެފައިވަނީ އޭޕްރީލް މަހުގެ 2 ވަނަ ދުވަހުގެ ހަވީރު 17:00 ން ފެށިގެން ރޭގަނޑު 8:00 ޖެހުމާ ހަމައަށް މާލެ ސިޓީގެ މަގުތައް މައްޗަށް އާންމު ނުކުމެ އުޅުން ހުއްޓާލުމަށް އަންގާ ފައިވާ އެންގުން ބާތިލްކޮށް މަގުމަތީ އުޅުން ހުއްދަ ކޮށްފައިވާކަމަށެވެ.

Advt

Advertisement

އެގޮތުން އެ ކާފިއު އުވާލާފައިވާ ކަމަށާއި އެހެން ނަމަވެސް ތިން މީހުންނަށް ވުރެ ގިނައިން މަގުތަކަށް ނުނިކުތުމަށް އަންގާފައިވާ އެންގުން ދެމި އޮންނާނެ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

މާޗް މަހުގެ އެއްވަނަ ދުވަހު ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ނެރުއްވި އެންގުމެއްގައި ވަނީ މިދިޔަ މަހުގެ 12ވަނަ ދުވަހު ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއި ގުޅިގެން ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިވަޑައިގެންފައިވާ ބާރުގެ ދަށުން އޭޕްރީލް ދެވަނަ ދުވަހުގެ ހަވީރު 5:00 ޖަހާއިރުން ފެށިގެން ރޭގަނޑު 8:00 ޖެހުމާ ހަމައަށް މާލެ ސިޓީގެ މަގުތައް މައްޗަށް އާންމު ނުކުމެ އުޅުން ހުއްޓާލުމަށް އަންގާ ކަަމަށެވެ.

އަދި އެ ގަޑިތަކުގައި، އެއްގަމު އުޅަނދު ފަހަރު ދުއްވުން މަނާވާނެ ކަމަށާއި ބަހާއި ފެރީ ހިމެނޭގޮތުން ޕަބްލިކް ޓްރާންސްޕޯޓު ވެސް ހުއްޓާލަން އަންގާ ކަމަށެވެ. މީގެ އިތުރުން އެ ގަޑިތައް ފިޔަވައި، އެހެން އެއްވެސް ގަޑިއެއްގައި އެއް ފަހަރާ ތިން މީހުންނަށް ވުރެ ގިނަ މީހުން މަގުމަތީގައި އެއްވެ އުޅުން ހުއްޓާލުމަށް ވެސް ވަނީ އަންގައިފައެވެ.