English Edition
Dhivehi Edition
މާލެ ސިޓީގެ މަތިން ނަގާފައިވާ މަންޒަރެއް - ފޮޓޯ: ލޯންލީ ޕްލެނެޓް

މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ބިދޭސީއަކު ޒަޚަމްކޮށްލައިފި އެވެ.

ފުލުހުން ބުނީ އޭޕްރީލް 07 ވަނަ ދުވަހުގެ 22:43 ހާއިރު މާލޭ ބޮޑުފުންގަނޑު މަގުގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވާ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މީގެ އިތުރުން އެ މާރާމާރީ ހިންގާފައިވަނީ ބަންގްލަދޭޝަށް ނިސްބަތްވާ ދެ ފިރިހެނުންގެ ދެމެދުގައި އުފެދުނު މައްސަލައެއްގެ ސަބަބުން ކަމަށެވެ. އަދި އެތަނުން އެކަކު ވަނީ އަނެއް މީހާގެ ބުރަކަށްޓަށް ތޫނު އެއްޗަކުން ހަމަލާ ދީފައި ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އަނިޔާ ލިބުނު ފަރާތް އައިޖީއެމްއެޗް އަށް ގެންގޮސްފައިވާ ކަމަށާއި، އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް މަޢުލޫމާތު ލިބޭ ކަމަށެވެ.

އެ މައްސަލައާއި ގުޅިގެން އުމުރުން 30 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ.

ފުލުހުން ބުނީ މިހާރު އެމައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުން އަންނަ ކަމަށެވެ.