ކޮވިޑް-19 ސަޕޯޓް ފަންޑަށް ފައިސާ ހޯދުމަށް ފޮނުވާ މެސެޖުތަކާއި ފޯނުކޯލްތަކަށް ސަމާލުވުމަށް ރާއްޖޭގެ ޤައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިލްތިމާސްކޮށްފި އެވެ.
ބީއެމްއެލް އިން މިއަދު ބުނީ އެ ބޭންކްގެ ނަމުގައި ކޮވިޑް-19 ސަޕޯޓް ފަންޑަށް ފައިސާ ހަދިޔާ ކުރުމުގެ ނަމުގައި ފޮނުވަ މެސެޖާއި ފޯނުކޯލުތަކަށް ޖަވާބު ނުދީ، އެކަމަށް ސަމާލުވުމަށް އެދިފައެވެ. އެގޮތުން ބީއެމްއެލް އިން ބުނީ އެފަދަ އެކައުންޓްތަކަށް ފައިސާ ޓްރާންސްފަރ ނުކުރުމަށާއި، ކާޑުގެ މަޢުލޫމާތު އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށްވެސް އިލްތިމާސްކުރާ ކަމަށެވެ.
#Samaaluvey pic.twitter.com/9s72ZPUY6A
— Bank of Maldives (@bankofmaldives) April 7, 2020
ބީއެމްއެލް އިން ވަނީ އެފަދަ މެސެޖުތަކުގެ ސާމްޕަލް ދައްކުވައިދޭ ފޮޓޯއެއްވެސް ހިއްސާކޮށްފަ އެވެ.
އޮޅުވާލައިގެން މީހުންގެ އަތުން ފައިސާ ހޯދުމަށް އެފަދަ މެސެޖުތަކާއި ފޯނުކޯލުތައް ކުރުމަކީ މިފަހަކަށް އައިސް ވަރަށް އާންމުވެފައިވާ ކަމެއްކަން ފާހަގަކޮށްލެވެއެވެ. އަދި މުޅި ދުނިޔެއަށް ދިމާވެފައިވާ މިފަދަ ބޮޑު ހިތާމައިގެ ދަނޑިވަޅުގައިވެސް މީހުންގެ އަތުން ނުހަނު ގޮތުގައި ފައިސާ ހޯދުމަށް ބަޔަކު މަސައްކަތް ކުރަމުންދާކަމީ ވަރަށް ހިތާމަވެރި ކަމެއްކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.