English Edition
Dhivehi Edition
މުއުމިނާ ޢަބްދުލްޤައްޔޫމް

 

ކުރީގެރައީސް މައުމޫނު ޢަބްދުލްޤައްޔޫމްގެ ކޮއްކޯފުޅު މުއުމިނާ ޢަބްދުލްޤައްޔޫމް މިއަދު އަވަހާރަވެއްޖެއެވެ.

މުއުމިނާ ޢަބްދުލްޤައްޔޫމު އަކީ ދިވެހި ބަހާއި ދިވެހި އަދަބިއްޔާތަށް އަގުހުރި ޚިދްމަތްތަކެއް ކޮށް ދެއްވި ބޭކަނބަލެކެވެ. ގަލޮޅު އަވަށު އޮފީހުގައި ހުންނަވައިގެން އެއަވަށުގެ ތަރައްޤީއަށް ނުހަނު ބުރަ މަސައްކަތްތަކެއް އެކަމަނާ ވަނީ ކުރައްވާފައެވެ.

 

ކުރީގެ މިނިސްޓަރު މަރްޙޫމް އަބްދުﷲ ހަމީދާއި ރައީސް މައުމޫނު ޢަބްދުލްޤައްޔޫމްއަކީ މުއުމިނާއާއި  އެއްބަނޑު އެއްބަފާ ދެބޭފުޅުންނެވެ. އެކަމަނާއަކީ  ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ އެއްބަފާ ދައްތާފުޅެވެ.

މުއުމިނާ ޢަބްދުލްޤައްޔޫމް

އަންހެނުންގެ ޚާއްސަ ޑޮކްޓަރު އަސީލް ޖަލީލާއި އަދި އަދީލް ޖަލީލަކީ މޫމިނާގެ ދެ ބޭފުޅުންނެވެ. އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްއަކީ މޫމިނާގެ މާމަ ދަރިފުޅެކެވެ. އެކަމަނާ އަވަހާރަވީއިރު ޢުމުރުފުޅަކީ 80 އަހަރެވެ.

 

މޫމިނާ ޢަބްދުލްޤައްޔޫމް އަވަހަރާވުމުގެ ހިތާމައިގައި އެކަމަނާގެ ޢާއިލާއަށް އޭއޯނިއުސްއިން ތަޢުޒިޔާ ދަންނަވަމެވެ. އަދި މި ހިތާމައިގައި ބައިވެރިވެ ޢާއިލާއަށް ކެތްތެރިކަން ދެއްވުމަށާއި މަރްޙޫމާއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުޢާ ކުރަމެވެ.