English Edition
Dhivehi Edition

 

އެމެރިކާގެ ނިއުޔޯކްގައިވާ ބްރޮންޒް ނަމަކަށްކިޔާ ޒުލެއްގައި އޮތް މިނިކާވަގެއް ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެއްޖެއެވެ. އެއާއެކު އެ ޒުލުގައި އޮތް އިތުރު 6 މިނިކާވަގެއްގެ ކިބައިންވެސް ބަލީގެ ޢަލާމާތްތައް ފެނިފައިވާކަމަށް އެމެރިކާގެ އެގްރިކަލްޗަރ ޑިޕާޓްމަންޓުން އާދީއްތަދުވަހު ބުނެފައިވެއެވެ.

” މިއީ ޖަންގަލީގައި ދިރިއުޅޭ މިފަދަ ޖަނަވާރެއް މިބައްޔަށް ޕޮޒިޓިވް ވި ފުރަތަމަ ފަހަރު. ނާދިއާ ގެ ނަމުން ނަންދީފައިވާ މި މިނިކާވަގަށް މިބަލި ޖެހުނުކަމަށް ލަފާ ކުރެވެނީ ބަލީގެ ޢަލާމާތްނުފެނި އެހެންނަމަވެސް ކޮވިޑް 19 ޖެހިފައިވާ ޒޫކީޕަރުގެ ފަރާތުން ކަމަށް ބްރޮންޒް ޒުލުގެ ޗީފް ވެޓެރޭން ޕޯލް ބުނެފައިވެއެވެ.

ގޭގައި އޮޅުކޮށްގެން ގެންގުޅޭ ބައެއް ޖަނަވާރުތަކަށްވަނީ މީގެ ކުރިން މިބަލި ޖެހިފައިވާ ކަން އެނގިފައެވެ. ހޮންގކޮންގ އާއި ބެލްޖިއަމުން މިފަދަ ބުޅާ އަދި ކުއްތާ ފެނިފައި ވެއެވެ.

ދާދި ފަހުން ޗައިނާއިން ކުރި ދިރާސާއަކުން ވަނީ އެއްބުޅަލުން އަނެއް ބުޅަލަށް މިބަލި ފެތުރުމުގެ ފުރުސަތު އެބައޮތް ކަމަށް ހާމަވެފައެވެ. މިހޯދުމާއެކު ސައިންވެރިންދަނީ މިބަލި ފެތުރޭ އެހެން ބާވަތްތަކަކީ ކޮބައިތޯ ހޯދުމުގެ މަސައްކަތް ފަށާފައެވެ.

މިދިޔަ މާޗްމަހުގެ ފަހުކޮޅު ހިކި ކެއްސުމަކާއެކު ބަލިވި ޢުމުރުން 4 އަހަރުގެ މިނިކާވަގު ނާދިޔާ ވަނީ އޭޕްރީލް 2 ވަނަ ދުވަހު ޓެސްޓުތައް ހަދަން ފަށާފައެވެ. ނާދިޔާގެ ދައްތައިން ކަމަށްވާ 2 ސައިބޭރިއަން މިނިކާވަގާއި 3 އެފްރިކަން ސިންގާ ވެސް ކެއްސުމާއެކު ނުކާކަން ފާހަގަ ވާތީ ޓެސްޓު ކުރުމަށް އެކަހެރި ކުރެވިފައެވެ.

މި ހުރިހާ ޖަނަވާރުތަކަކަށްދަނީ ވެޓެރަންސްގެ އެހީއާއި އެކު ޒުލުގައި ބައިތިއްބައިގެން ފަރުވާ ދެމުންނެވެ.