English Edition
Dhivehi Edition

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބާޒާރު ބްރާންޗު ފިޔަވައި ހުރިހާ ބްރާންޗެއް މި ހަފްތާގެ ތިން ދުވަހެއްގައި ހުޅުވަން އެ ބޭންކުން ނިންމައިފިއެވެ.

ބީއެމްއެލުން އާންމު ކުރި ބަޔާނެއްގައި ބުނީ މާދަމައިން ފެށިގެން މިހަފުތާގެ ބުދަ ދުވަހާއި ހަމައަށް ބީއެމްއެލްގެ ބާޒާރު ބްރާންޗު ފިޔަވައި އެހެން ހުރިހާ ބްރާންޗުތަކެއް ހެނދުނު 9:30 ފެށިގެން މެންދުރު 12:30އަށް ހުޅުވާނެ ކަމަށެވެ.

ހުރިހާ އޭޓީއެމްއަކުން 24 ގަޑި އިރުގެ ހިދުމަތް ލިބޭނެކަން ފާހަގަކުރަމުން ބީއެމްއެލްއިން ވަނީ ބްރާންޗުތައް ހުޅުވާފައި ހުއްޓަސް، ފައިސާ ޖަމާކުރުމާއި ފައިސާ ނެގުމާއި ފައިސާ ޓްރާންސްފާ ކުރުމުގެ ހިދުމަތް އޭޓީއެމް މެދުވެރިކޮށް ބޭނުން ކުރުމަށް އިލްތިމާޒުކޮށްފައެވެ. މީގެ އިތުރުން ބީއެމްއެލްއިން ވަނީ ބިލަށް ފައިސާ ދެއްކުމާއި، ކްރެޑިޓް ކާޑާއި ލޯނަށް ފައިސާ ދެއްކުމުގެ ހިދުމަތުގެ އިތުރުން އެންމެ ފަހުގެ 10 މުއާމަލާތް ހިމެނޭ މިނީ ސްޓޭޓްމަންޓެއް ވެސް އޭޓީއެމްއިން ނެގޭނެކަމަށް ބުނެފައެވެ،

ކޮވިޑް19 އާއި ގުޅިގެން ސަރުކާރު ބަންދުކުރުމާއި ގުޅިގެން މިހާރު ބޭންކު ހުޅުވަނީ ހަފްތާއަކު ދެ ދުވަހުއެވެ. އެހެންނަމަވެސް އެ ދެ ދުވަހު މީހުން ތޮއްޖެހުމުގެ މައްސަލަތައް ކުރިމަތިވެ އާންމުންގެ ފަރާތުންވަނީ އެކަމުގެ ޝަކުވާތައްކޮށްފައެވެ.