English Edition
Dhivehi Edition

އެސްޓީއޯގެ ދަށުން ހިންގާ މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެމްއެސް)ގެ ފުރަތަމަ ޝިޕިން ބޯޓު މުދަލާއެކު ރާއްޖެ ގެނެސް ރާއްޖޭގެ އާ ޝިޕިން ލައިން މިއަދު އިފްތިތާހު ކޮށްފި އެވެ.

ޝިޕިން ލައިނަށް ގެނައި ފުރަތަމަ ބޯޓަކީ 20 ފޫޓުގެ 700 ކޮންޓެއިނަރު އުފުލޭ ވަރުގެ ބޯޓެކެވެ. “އައިބީރިއަން އެކްސްޕްރެސް” ނަމަކަށް ކިޔާ އެ ބޯޓު ރާއްޖެ އައިސްފައި ވަނީ މިއަދުގެ ވަގުތެއްގައެވެ.މި ބޯޓުގެ ފުރަތަމަ ދަތުރުތައް އޮންނާނީ ސްރީ ލަންކާ އާއި ރާއްޖެއާ ދެމެދުގަ އެވެ. ބޭހާއި ކާޑުގެ ބާވަތްތަކާއެކު މި ބޯޓު އައިސްފައި ވަނީވެސް ސްރީލަންކާއިންނެވެ.

އެމްއެސްއެސް އަކީ ސަރުކާރުގެ މައި ވިޔަފާރި ކުންފުނި، އެސްޓީއޯގެ ސަބްސިޑަރީ އެކެވެ. އެކުންފުނީގައި ހިމެނެނީ އެސްޓީއޯގެ 99.99 ޕަސެންޓް ހިއްސާ އާއި އެސްޓީއޯގެ ސަބްސިޑަރީ، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ 0.01 ޕަސެންޓް ހިއްސާ އެވެ.

މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެމްއެސް)ގެ ފުރަތަމަ ޝިޕިން ބޯޓު މުދަލާއެކު ރާއްޖެ އައުމާ ގުޅިގެން އެކަން ފާހަގަ ކުރަން މާލެ ވިޔަފާރި ބަނދަރު ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވީ ޝިޕިން ލައިނެއްގެ ހިދުމަތް އަލުން ރާއްޖޭގައި ފެށިގެން ދިއުމަކީ ވިޔަފާރިވެރިންނަށް ހެޔޮ އަގުގައި މުދާ ގެނެވޭނެ މަގެއް ކަމަށެވެ.