English Edition
Dhivehi Edition

އިންޑިޔާއިން ފިޔާ އަދި ބިސް ބަރުކޮށްގެން ރާއްޖެއަށް ދަތުރު ކުރަމުންދާ  އެމްވީ ވީބީ ޕްރޮގްރެސް ބޯޓުގައި  އަލިފާނުގެ ޙާދިސާއެއް ހިނގައިފިއެވެ. އެމްއެންޑީއެފުން ވިދާޅުވީ މި ބޯޓުގައި އަލިފާނުގެ ޙާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓް ރޭ 12.30 ގައި ކޯސްޓްގާޑަށް ލިބިފައި ވާ ކަމަށާއި އޭރު އެ ބޯޓު ދަތުރު ކުރަމުން ދިޔައީ ރާއްޖޭގެ ބޭރު ކަނޑުން ކަމަށެވެ.

އިންޑިއާ ގެ 11 ފަޅުވެރިންނާއިއެކު ދަތުރު ކުރަމުން އަންނަ މި ބޯޓު ގެ ފަޅުވެރިންވަނީ އަލިފާން ނިއްވާލާ އިންޖީނަށް ލިބުނު ގެއްލުން ރަނގަޅު ކޮށްގެން އަލުން ރާއްޖެއަށް ދަތުރު ކުރަމުން ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއެވެ.

މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ. މިބޯޓު މިއަދު 3 ޖަހާއިރު  މާލޭ ބަނދަރަށް ވަދެވޭނެ ކަމަށް އެމްއެންޑީއެފް އިން ލަފާ ކުރެއެވެ.