English Edition
Dhivehi Edition

އިންޑިޔާއިން ފިޔާ އަދި ބިސް ބަރުކޮށްގެން ރާއްޖެއަށް ދަތުރު ކުރަމުންދާ އެމްވީ ވީބީ ޕްރޮގްރެސް ބޯޓުގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފިއެވެ. އެމްއެންޑީއެފުން ވިދާޅުވީ މި ބޯޓުގައި އަލިފާނުގެ ޙާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓް ރޭ 12.30 ގައި ކޯސްޓްގާޑަށް ލިބިފައި ވާ ކަމަށާއި އޭރު އެ ބޯޓު ދަތުރު ކުރަމުން ދިޔައީ ރާއްޖޭގެ ބޭރު ކަނޑުން ކަމަށެވެ.

އިންޑިއާ ގެ 11 ފަޅުވެރިންނާއިއެކު ދަތުރު ކުރަމުން އަންނަ މި ބޯޓު ގެ ފަޅުވެރިންވަނީ އަލިފާން ނިއްވާލާ އިންޖީނަށް ލިބުނު ގެއްލުން ރަނގަޅު ކޮށްގެން އަލުން ރާއްޖެއަށް ދަތުރު ކުރަމުން ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއެވެ.

Advt

Advertisement

މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ. މިބޯޓު މިއަދު 3 ޖަހާއިރު މާލޭ ބަނދަރަށް ވަދެވޭނެ ކަމަށް އެމްއެންޑީއެފް އިން ލަފާ ކުރެއެވެ.