English Edition
Dhivehi Edition
މަރުވެފައިވާ މީހެއްގެ ހަށިގަނޑު-- ފޮޓޯ: ގޫގަލް

އިންޑިއާގެ އާގަރާ އަށް ނިސްބަތްވާ ރަވީނާ 22އ އޭނަގެ ފިރިމީހާ ނިދާފައި އޮތްވާ ކަރުގައި ވަޅިއެޅުމަށްފަހު ކަރުބުރިކޮށްލައި މަރާލައިފިއެވެ.

ރާވީނާ އާއި އޭނަގެ ލޯބިވެރިޔާ ކަމަށް ތުހުމަތު ކުރެވޭ ޕްރަތާޕް އާ ދެމީހުންވެގެން ވިކްރަމް މަރާލާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ދަންވަރު 2:30 ހާއިރުއެވެ.

އަގަރާގެ ފުލުހުން ބުނީ، ރަވީނާގެ ލޯބިވެރިޔާ އަކީ އޭނަގެ ތިމާގެ މީހެއްކަމަށެވެ. އަދި މިދެމީހުން ރައްޓެހިވެގެން އުޅޭތާ ދުވަސްތަކެއް ވެފައިވާކަމަށް އެއަވަށު މީހުންގެ ބަހުން އެނގޭކަމަށެވެ. އަމިއްލަ އޮފީހެއްގައި ޑިޒައިނަރ އެއްގެ މަސައްކަތް ކުރަމުން އައި ވިކްރަމް މަރާލުމަށް މިދެމީހުން މާކުރިން ރާވާފައިވާކަމަށް ތަހުގީގަށް ފާހަގަ ކުރެވިފައިވާ ކަމަށާއި މިވަގުތު ރަވީނާ ހައްޔަރުގައި ހުރިނަމަވެސް ހަނު ހުންނާތީ ހާދިސާ ހިނގައިދިޔަ އަސްލުގޮތުގެ ތަފްސީލް ނޭނގޭ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ވިކްރަމްގެ މަރުގެ ތަހުގީގު މިވަގުތު ކުރިއަށް ދާނަމަވެސް ޕްރަތާޕް އަދި ހައްޔަރުކޮށްފައި ނުވާތީ ހާސިދާގެ ސާފު ތަފްސީލް އަދި ނޭނގެ ކަމަށެވެ. އިތުރަށް ފުލުހުން ބުނީ ކުށުގެ ވެށިން އަދި ވަޅި ނުފެންނަ ކަމަށާއި އެވަގުތު ގޭގައި ނިދާފައި އޮތް ރަވީނާ އަދި ވިކްރަމްގެ 2 އަހަރުގެ ދަރިފުޅު މިހާރު ވިކްރަމްގެ މަންމައާ ހަވާލުކޮށްފައި ވާނެކަމަށެވެ.

ޒުވާން ޑިޒައިނަރ އަށް މަރާ ކުރިމަތި ލާން ޖެހުނީ އޭނަ ލޯބިވެގެން އާއިލާއެއް ބިނާކުރުމުގެ ހުވަފެން ދެކެމުން އައި އަނބިމީހާގެ ފަރާތުންނެވެ. އިންޑިއާ އަކީ މިފަދަ ކުށުގެ ރެކޯޑް އެންމެގިނަ އެއް ގައުމެވެ.