English Edition
Dhivehi Edition

ދުނިޔޭގެ ދުއިސައްތަ އަށްވުރެ ގިނަ ގައުމުތަކުގައި ފެތުރެމުން އަންނަ ކޮރޯނާވައިރަސްގެ ބިރު ބޮޑުވެފައިވާ މި ދަނޑިވަޅު، މީހަކު ފިހާރައަކުން ގަނެގެން އައި ސާމާން ބިލިގާ އަކަށް ލައި އެތަކެތި ދޮވެފިއެވެ.

އެވީ ލެންކާސްޓާ ނަމަކަށް ކިޔާ އަންހެނަކު ވަނީ އޭނަގެ މަންމަ ގަނެގެން އައި ސާމާން ބިލިގާ އަކަށް ލައި ދޮންނަ މަންޒަރު ފެންނަ ފޮޓޯއެއް އޭނަގެ އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ. އަދި އެ ފޮޓޯގެ ކެޕްޝަންގައި އޭނަ ލިޔެފައިވަނީ ކޮވިޑް19 އިން ސަލާމަތް ވުމަށް ތި އެންމެން އަޅަނީ ކޮންފިޔަވަޅެއްތޯ ސުވާލުކޮށްފައެވެ. އަދި އޭނަގެ މަންމަ ފިހާރައިން ގަނެގެންއައި ސާމާން ފެންވަރުވަނީ ކަމަށް ލިޔެފައިވެއެވެ.

ކޮރޯނާ ވައިރަސް އެކި ގައުމުތަކުގައި ހަލުވި ކަމާއެކު ފެތުރި އެތައް ބަޔަކު މަރުވަމުން އަންނާތީ އަދި އެބަލީގެ ވޭން ފެނި ހިތްތަކުގައި ބިރުވެރިކަން އުފެދި މީހުންނަށް ވަނީ ނަފްސާނީ ގޮތުންވެސް އަސަރުކޮށްފައެވެ. އެގޮތުން މީގެ ދެހަފްތާކުރިން ޗައިނާގެ އަންހެނަކުވަނީ މިބަލިން ރައްކާތެރި ވުމަށްޓަކައި އޭނަގެ ގޭގައި ރައްކާކޮށްފައި ހުރި 3000ޔުއާންގައި ހުރި ވައިރަސް މެރުމަށް ކަމަށްބުނެ މައިކްރޯވޭވް އަވަނަކަށްލައި ފައިސާ ފިހެފައެވެ. އޭނަ ފައިސާ ހޫނުކުރުމަށްފަހު ބަލާލިއިރު އެފައިސާތައް ވަނީ ބޭނުން ނުކުރެވޭވަރަށް ހަރުވެ ހަލާކުވެފައެވެ.

ކޮވިޑް19ގެ 873،857 ކޭސް މުޅިދުނިޔެއިން އެއްކޮށް ފެނިފައެވެ. އަދި މީގެ ތެރެއިން 187،265 މީހުން ރަނގަޅުވެފައި ވާއިރު 43،338 މީހުން ވަނީ މަރުވެފައެވެ. މިބައްޔަށް މިހާތަނަށް އެއްވެސް ބޭހެއް އަދި ވެކްސިނެއް ހޯދިފައި ނުވެއެވެ.

މި ރޯނގާ ކޮންޓްރޯލްނުވެ ފެތުރިފައިވާ ގިނަ ގައުމުތަކުން މިހާރުވަނީ ބަލި އިތުރަށް ފެތުރުނަ ނުދިނުމަށް ގައުމުތަކުގެ ބޯޑަރު ބަންދުކޮށްފައެވެ.