English Edition
Dhivehi Edition

ކޮވިޑް 19 އާއި ގުޅިގެން އައްޑޫސިޓީގެ ފުޑް ސެކިއުރިޓީ ޔަޤީންކުރުމައްޓަކައި އަލަށް ދަނޑުހެއްދުމަށާއި އޮޅު ހެއްދުމަށް ބޭނުންވާ ފަރާތްތަކަށް ބިން ދޫކުރުމަށް ހަމަޖެހިފައިވާކަމުގައި ސިޓީކައުންސިލުން ބުނެފިއެވެ.

އައްޑޫސިޓީކައުންސިލުން މިއަދު އާންމުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އައްޑޫސިޓީގެ ފުޑް ސެކިއުރިޓީ ޔަޤީންކުރުމައްޓަކައި ދަނޑުވެރިކަމުގެ އުފެއްދުންތައް އިތުރުކުރުމަށް ބޭނުންވާ ކަމަށެވެ. އެގޮތުން މިހާރުވެސް ދަނޑުވެރިކަމަށާއި އޮޅު ހެއްދުމަށް ބިންތައް ދޫކުރެވިފައިވާ ފަރާތްތަކުން ގޮވާންކުރުމުގެ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދިއުމަށް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

ކައުންސިލުން ބުނީ ދަނޑުވެރިކަން ކުރާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ކައުންސިލުން ފޯރުކޮށްދޭނެ ކަމަށާއި އަދި ހަމައެހެންމެ ސަރުކާރުގެ އިދާރާތަކުން ދަނޑުވެރިންނަށް ދެވޭ އެހީތައް ހޯދައިދިނުމަށް މަސައްކަތް ކޮށްދޭނެ ކަމަށެވެ.

މީގެ އިތުރުން އަލަށް ދަނޑުހެއްދުމަށާއި އޮޅު ހެއްދުމަށް ބޭނުންވާ ފަރާތްތަކަށް ބިން ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ކައުންސިލްގެ އިއުލާނުގައިވެއެވެ. އެގޮތުން ދަނޑުހެއްދުމަށާއި އޮޅުހެއްދުމަށް ބިން ބޭނުންވާ ފަރާތްތަކުން 2020 މާރިޗު 30 ވާ ހޯމަ ދުވަހުން ފެށިގެން އެއަވަށެއްގެ އަވަށު އޮފީހަށް މެއިލް ކުރައްވަމުން ގެންދެވުމަށް ކައުންސިލުން ވަނީ އެދިލައްވަވާފައެވެ.

ހިތަދޫ އަވަށު އޮފީސް: [email protected]

މަރަދޫ އަވަށު އޮފީސް: [email protected]

މަރަދޫ ފޭދޫ އަވަށު އޮފީސް: [email protected]

ފޭދޫ އަވަށު އޮފީސް: [email protected]

ހުޅުދޫ އަވަށު އޮފީސް: [email protected]

މީދޫ އަވަށު އޮފީސް: [email protected]