English Edition
Dhivehi Edition

ކޮވިޑް 19 ގެ ޢަލާމާތް ތަކާއެކު ޑޮކްޓަރަށް ދެއްކި އައްޑޫސިޓީ ހިތަދޫ އަށް ނިސްބަތްވާ ފިރިހެނަކު އައިސޮލޭޓް ކޮށްފިއެވެ. އެމީހާ އާއި އަދި އޭނާގެ އާއިލާ ވަނީ މިމަހުގެ ކުރީކޮޅު އިންޑިއާގެ ކޮޗިންއަށް ދަތުރުކޮށްފައެވެ.

ބަލީގެ ޢަލާމާތެއް އޭރު ފެންނަން ނެތުމުން ސަރުކާރުން ކަންކުރަމުން އަންނަ އުސޫލުން 14 ދުވަހަށް ހޯމް އައިސޮލޭޝަނަށް ގެއަށް ފޮނުވާފައި ވަނިކޮށް ދުވަސް ހަމަ ނުވަނީސް ދެމަފިރީންގެ ތެރެއިން އަންހެން މީހާ ވަނީ ވަޒީފާއަށް ވެސް ނުކުމެފައެވެ. އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލުގެ ޑޮކްޓަރުގެ ތަރުޖަމާނަކަށް ހުންނަ އެ އަންހެން މީހާގެ ކިބައިން ބަލީގެ ޢަލާމާތެއް ފެނިފައެއް ނުވެއެވެ.

ފިރިހެން މީހާ ޑޮކްޓަރަށް ދެއްކިއިރު ޓްރެވެލް ހިސްޓްރީ އެއް އޮތް ކަމަށް ބުނެފައިނުވާތީ ޑޮކްޓަރުންނާއި ނަރުހުން އޭނާ ބަލާފައިވަނީ އާދައިގެ މީހުންނާއި އެއް ހަމައެއްގައެވެ.

އެސަބަބާއިހެދީ ދަތުރުކުރިކަން އެނގުމުން ޑިރެކްޓް ކޮންޓެކްވި އޭއީއެޗް ގެ ޑޮކްޓަރަކާއި 2 ނަރުހުން މިހާރުވަނީ ހޮސްޕިޓަލުގައި އައިސޮލޭޓް ކުރެވިފައި ކަމަށް އިތުބާރު ހުރި ފަރާތަކުން އޭއޯ ނިއުސްއަށް މަޢުލޫމާތު ދީފައިވެއެވެ.

މިކަމާގުޅިގެން އައްޑޫސިޓީގެ މޭޔަރ ޢަބްދުﷲ ޞާދިޤަށް ގުޅުމުން ވިދާޅުވެފައިވަނީ ޑޮކްޓަރަކާއި ދެ ނަރުހުން ހޮސްޕިޓަލުގައި އައިސޮލޭޓް ކުރެވިފައިވާ ކަމަށާއި އަދި ހޯމް އައިސޮލޭޝަން ގައި 5 މީހަކު އެބަތިބިކަމަށެވެ.

މީގެ ކުރިންވެސް އައްޑޫން 6 މީހެއްގެ ސާމްޕަލް ނަގާ ޓެސްޓް ކޮށްފައި ވެއެވެ. މިއެންމެންވެސް ވަނީ ކޮވިޑް 19 އަށް ނެގެޓިވް ވެފައެވެ.

1 ކޮމެންޓް
ނަން
މާޗް 29, 2020
ގަސްތުގައި އިހުމާލުވެފައެއޮތީ.. ގަސްތުގައެހެންމީހުން ނުރައްކަލަށް ކުރިމަތިކޮށްފަ އެހުރީ... ފިޔަވަޅު އަޅަން ފެނޭ....