English Edition
Dhivehi Edition
ޓިއުނީޝިއާގެ އަންހެނުން އައިސޮލޭޝަންގައިތިބެ މާސްކް ހަދަނީ

މުޅި ދުނިޔެ ކޮރޯނާ ވައިރަހާއި ހަނގުރާމަ ކުރަނީއެވެ. ބަލީގެ އަސަރު އެތައް ބަޔަކަށް ކޮށް ފަރުވާ ހޯދަން ހޮސްޕިޓަލް ތަކުގައި ކިއު ޖެހިއްޖެއެވެ. ހާލުބޮޑު ބަލިމީހުންނާއެކު އެނދުތައް ފުރި ބާރުވެއްޖެއެވެ. މިޙާލަތުގައި ދެން ކުރިމަތިވާ ބިރަކީ ސިއްޙީ ޚިދުމަތްތެރިންގެ ސަލާމަތަށް ބޭނުންވާ “ސޭފްޓީ ގިއަރ” ގެ ދަތިކަން ކުރިމަތި ވުމެވެ. ސާޖިކަލް މާސްކާއި އަންގި ފަދަ ތަކެތި ހުސްވުމުގެ ބިރެވެ.

ޓިއުނީޝިއާގެ 150 މަސައްކަތުމީހުން މިވަނީ “ލޮކްޑައުން ” ގެ ޙާލަތުގައި ވެސް ސާޖިކަލް މާސްކް ހަދަން އިސްނަގާފައެވެ. މުސްލިމް އާބާދީއެއް އޮންނަ މިޤައުމުގެ އަންހެނުން އިސްނަގައިގެން ކުރަމުންދާ މިމަސައްކަތަށް އެތައް ބައެއްގެ ތަރްޙީބް އޮހެމުން ދެއެވެ.

ޙައުލާ ރެއްބީ ގެ މޭސްތިރި ކަމުގެ ދަށުން މުވައްޒަފުންނާއެކު މިމަސައްކަތް ފަށާފައިވާއިރު އޭނާ ބުނެފައިވަނީ ޢާއިލާއާއި ދުރުގައި ހުންނަން ޖެހުމުން ހިތްދަތިވިޔަސް މިމަސައްކަތުގެ މުހިއްމުކަން އިޙްސާސް ވުމުންނާއި މުވައްޒަފުންދޭ އެހީތެރިކަމުގެ ބޮޑުކަމުން ހިތަށް ހިތްހަމަޖެހުން ލިއްބައިދޭ ކަމަށެވެ.

ފިރިމީހާއާއި 16 އަހަރުގެ ދަރިފުޅު ގެ ފުރިހަމަ ތާއީދު ލިބިގެން މިހުރެވެނީ. ” ޙައުލާ ރަޙްބީ ބުނެފައިވެއެވެ.

ޙާއުލާ ރަޙްބީ.މާސްކް ފެކްޓްރީގެ ވެރިޔާ

ފެކްޓްރީގެ އުފެއްދުންތައް އެހެންޏާ ޤައުމުތަކަށް އެކްސްޕޯޓް ކުރިޔަސް މިފަހަރު ވިސްނުންހުރީ ޤައުމަށް ބޭނުންވާ މިންވަރަށް އުފެއްދޭތޯކަމަށް އޭނާ ބުންޏެވެ.

މިދިޔަ އާދީއްތަ ދުވަހުންފެށިގެން ލޮކްޑައުންގެ ޙާލަތުގައި އޮތް އުތުރު އެފްރިކާ ބައްރުގެ މި ޤައުމުން 272 މީހަކު ކޮވިޑް 19އަށް ޕޮޒިޓިވް ވެ މިހާތަނަށް 8 މީހަކު މިބަލީގައި މަރުވެފައި ވެއެވެ.

ޓިއުނީޝިއާގެ ވެރިރަށް ތޫނިސް ގައި ހުރި މި ފެކްޓްރީގައި މުވައްޒަފުންގެ ޚިދުމަތުގައި ކައްކާއިންނާއި ނަރުހުންނާއި ޑޮކްޓަރުން ބައިތިއްބާފައި ތިބެއެވެ. އެތަނުގައި މަސައްކަތް ކުރާ 110 އަންހެނުންނާއި 40 ފިރިހެނުންނަށް ވަކި އެޕާޓްމެންޓްތަކެއް ކަނޑައެޅިފައިވާއިރު އެއްމަސް ދުވަހަށް ވާވަރަށް ކާބޯތަކެތިވެސް ވަނީ އެތެރެކޮށްފައެވެ.

“އެތަނުގައި ކަސްރަތު ކުރުމާއި މުނިފޫހި ފިލުވުންވެސް ކުރިއަށްދާނެ . އަދި ކުޅިވަރު ކުޅޭނެ ދަނޑުވެސް ގާއިމް ކުރެވިފަވާނެ.މީގެ އިތުރުން ވީޑިއޯ ޗެޓް މެދުވެރިކޮށް ޢާއިލާތަކާ ބައްދަލު ކުރުމަށް އިންޓަނެޓްވެސް ފަހިކޮށްދީފައިވާނެ. ބީބީސީ ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި ޙައުލާ ކިޔައިދީފައިވެއެވެ.

“އަހަރެމެންގެ ބޭނުމަކީ ޑޮކްޓަރުން ޙިމާޔަތް ކުރުން”

 

މިފެކްޓްރީ އައިސޮލޭޝަންގައި އޮވެ ޚިދުމަތް ފަށާފައިވަނީ ވަރަށް މަތިވެރި މަޤްސަދެއްގައެވެ. އެކުގައި ތިބެ މަސައްކަތް ކުރަނިކޮށް ހަލުވިބާރުމިނެއްގައި ފެތުރޭ ކޮރޯނާވައިރަހުގެ އަސަރު މަސައްކަތުގެ މާޙައުލަށް ކޮށްފިނަމަ ޤައުމުގެ ޑޮކްޓަރުން ޙިމާޔަތް ކުރާނެ ބަޔަކުނެތި އެންމެން ބަލިވާނެއެވެ.

” އަހަރެމެން މިގޮތަށް ނުކުމެ މަސައްކަތް ނުކުރާނަމަ ޑޮކްޓަރުން މި ވައިރަހުން ސަލާމަތް ކޮށްދޭނެ ބަޔަކު ނުވާނެ. “

މިއީ އެ ފެކްޓްރީގެ މަސައްކަތު މީހުންގެ މޮޓޯއެވެ. ބަންދުގެ ޙާލަތުގައިވެސް ޤައުމަށް ޚިދުމަތް ކޮށްދިނުމާއިގެން އުޅުމުގެ ރިވެތި މިސާލެކެވެ. ދެއަތް އުރާލައިގެން ތިބުމުގެ ބަދަލުގައި މި ނުރައްކާތެރި ވަބާއިން މިންޖު ވުމަށްޓަކައި އެބައެއްގެ މިންވަރުން އެހީތެރިކަމުގެ އަތެއް ފޯރުވައި ދިނުމަކީ މިވަގުތަށް ކޮންމެހެންވެސް މުހިއްމު ކަމެކެވެ.