English Edition
Dhivehi Edition

އެމްއެންޑީއެފް ސަދަން އޭރިޔާ އާއި އައްޑޫސިޓީ ކައުންސިލް ގުޅިގެން އައްޑޫސިޓީ ޑިސްއިންފެކްޓް ކުރަން ފަށައިފިއެވެ.

މިއަދު ހެނދުނު 8 ން ފެށިގެން ކުރިއަށްދާ މިމަސައްކަތުގައި އެންއެންޑީއެފް ސަދަން އޭރިޔާގެ ސިފައިން ގެންދަވަނީ ހިތަދޫގެ ބޮޑުމަގު ސާފު ކުރަންފަށާފައެވެ. މިމަސައްކަތުގެ ދަށުން އައްޑޫސިޓީގެ އެކި އަވަށްތަކާއި  ސަރަޙައްދުތައް ދޮވެ ސާފު ކުރުމަށް ހަމަޖެހިފައިވެއެވެ.

އައްޑޫސިޓީ ޑިސްއިންފެކްޓްކުރަނީ/ފޮޓޯ އެމްއެންޑީއެފް

ޑިންއިންފެކްޓް ކުރުމުގެ މިމަސައްކަތާއި ގުޅިގެން އައްޑޫ ސިޓީ ކައުންސިލުން ވަނީ އައްޑޫގެ އެކި ސަރަޙައްދުތަކުގައި އައިސް ފޮށި ބަހައްޓައިގެން ރޯމަސް ވިއްކާ ފަރާތްތަކުން އެމަސައްކަތް ހުއްޓާލުމަށް އަންގާފައެވެ.

މިއެންގުމާއެކު ރައްޔިތުންގެ ކަންބޮޑުވުންތައް މިކަމުގައި އިތުރުވެފައިވެއެވެ. މަހަކީ ކޮންމެ ގެއަކަށްވެސް ގަވާޢިދުން ބޭނުންވާ އެއްޗަކަށްވެފައި މަސްކަނޑާ ވިއްކުމުގެ ޚިދުމަތް ލިބޭނެ މާރުކޭޓެއްހާ މިންވަރުވެސް ނެތްއިރު މިފަދަ ހަރުކަށި ނިންމުމެއް ނިންމެވުމުގައި ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތް މެދުކެނޑިގެން ނުދާނެ ގޮތަކަށް ކަންކަން ރާވައިދެއްވުމަށް އެދި ގިނަ ބަޔަކު ދަނީ އަޑު އުފުލަމުންނެވެ.