English Edition
Dhivehi Edition
ރަން އިން އައްޑޫ ރަސްމީކޮށް ލޯންޗްކުރުމަށް މިއަދު ހެނދުނު ބޭއްވި ޕްރޮމޯޝަނަލް ހަރަކާތުގެ ތެރެއިން. --ފޮޓޯ:

ޓޯޓަލް ފިޓްނަސް ގުރޫޕުން އައްޑޫސިޓީގައި ބާއްވާ ‘ރަން އިން އައްޑޫ’ ގެ ސްލޯގަން ލޯންޗް ކޮށްފިއެވެ. މާލޭގައި މިއަދު ހެދުނު ބޭއްވި، ދުވުމާއެކު ލޯންޗު ކުރި ސްލޯގަން އަކީ އައްޑޫގެ ލިންކްރޯޑްގައި ހިންގާ އެކްސިޑެންޓްތަކާ ގުޅިގެން، އެކަމުން ރައްކާތެރި ވުމަށް ފޯރު ކޮށްދޭ މެސެޖެކެވެ. ސްލޯގަން އަކީ ‘ބްރޭކް ޔޯ ސްޕީޑް’ މިއެވެ. މާނައަކީ ދުވެލި މަޑުކުރޭ އެވެ.

ރަންއިން އައްޑޫގެ މެއިން ސްޕޮންސަރ އަކީ ކޮކާކޯލާއެވެ. ޓީއެފްޖީއާ އެކު މި ފަހަރު ވެސް މެއިން ސްޕޮންސަރެއްގެ ގޮތުގައި ކޮކާކޯލާ ބައިވެރިވިއިރު އެ ކުންފުނިން އަންނަނީ ޓީއެފްޖީން 2013 ވަނަ އަހަރުން ފެށިގެން ހުޅުމާލޭގައި ބާއްވަމުން އަންނަ ލޯންގް ރަން އަށް ވެސް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ކޮކާކޯލާގެ އިތުރުން އެހެން ހަ ކުންފުންޏަކުން ވެސް ވަނީ ޓީއެފްޖީއާ އެކު ޕާޓްނަރުންގެ ގޮތުގައި ބައިވެރިވެފަ އެވެ. އެއީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި ގަން އިންޓަނޭޝަނަލް އެއާޕޯޓާއި ސޮނީ ސްޕޯޓްސް އާއި ޕްރިންޓްލެބާއި މޯލްޑިވިއަން އަދި މިހާރު ނޫހެވެ.

ޓީއެފްޖީން ހުޅުވާލާފައިވަނީ 300 ޖާގަ އެވެ. އެ ފަރާތުން ބޭނުންވަނީ އޭގެ ތެރެއިން ގިނަ ބައިވެރިންނަކީ އައްޑޫ، ފުވައްމުލަކު ނުވަތަ އެ ސަރަހައްދަށް ނިސްބަތްވާ ދުވުންތެރިންނަށް ވުމެވެ. އަދި މާލޭން ބައިވެރިވާ ދުވުންތެރިންނާ އެކު މާލޭން 200 އެއްހާ މީހުން އައްޑު އަށް ގެންދަން ޓީއެފްޖީން ބޭނުންވެ އެވެ.

މި ދުވުމަކީ “ރަން އިން މޯލްޑިވްސް” ގެ ނަމުގައި ޓީއެފްޖީން ފެށި ސިލްސިލާގެ ދަށުން ބާއްވާ ފުރަތަމަ އިވެންޓެކެވެ. ސެޕްޓެމްބަރު 16 ވަނަ ދުވަހު އައްޑޫގައި “ރަން އިން އައްޑޫ” ރޭސް ބާއްވާއިރު ލ. އަތޮޅުގެ ހަރަކާތް އޮންނާނީ އަންނަ އަހަރުގެ ޖެނުއަރީ 26/27 ގަ އެވެ. އަދި ހުޅުމާލޭގައި ބާއްވާ ރަސްމީ އިވެންޓް ކަމަށްވާ ކޮކޯކޯލާ ލޯންގް ރަން އަންނަ އަހަރުގެ އޭޕްރިލް 13 ގައި އޮންނާނެ އެވެ.

އައްޑޫގެ ދުވުން ތަފާތު ގޮތަކަށް ގެންދިއުމަށްޓަކައި، ކުޑަކުދިންނަށް ހާއްސަކޮށް، ހަރަކާތްތަކެއް ހިންގުމަށް، ޓީއެފްޖީ ދަނީ ތައްޔާރު ވަމުން ނެވެ. އެ ހަރަކާތުގައި ކުޑަކުދިންގެ ދުވުމުގެ ކެޓަގަރިވެސް ވަނީ ހިމަނާފަ އެވެ.