English Edition
Dhivehi Edition

މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް19 އާއި ގުޅިގެން އަޅަމުންދާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އައްޑޫ ސިޓީ ގަމަށް އަރާފައިބާ އުސޫލަށް ބަދަލު ގެނެސްފިއެވެ.

ގަމަށް އަރާފައިބާ އުސޫލަށް ގެނައި ބަދަލުތައް ހާމަކުރައްވަމުން މިއަދު އައްޑޫ އިންޓަނޭޝަނަލް އެއާރޕޯޓުން ނެރުނު އިއުލާނެއްގައި ބުނީ މިއަދުން ފެށިގެން ގަމަށް އަރާފައިބޭނެ ގަޑިއަކީ ހެނދުނު 06:00 އަކުން ފެށިގެން ހަވީރު 06:00 އަށް ކަމަށެވެ. މީގެ އިތުރުން ރޭގަނޑު ފުރުމަށް ފްލައިޓް ޝެޑިއުލް ކޮށްފައިވާނަމަ ޗެކިން ފެށުމުގެ 30 މިނިޓްކުރިން ހުޅުވާނެކަމށާއި ފްލައިޓްފުރާތާ 30 މިނިޓްފަހުން ބަންދުވާނެކަމަށްވެސް އެ އިއުލާނުގައިވަނީ ބުނެފައެވެ.

މިއަދުން ފެށިގެން އައްޑޫ ސިޓީގެ ފިހާރަތަކާއި ރެސްޓޯރެންޓްތައް އަދި ކެފޭތައް ރޭގަނޑު ބަންދުކުރާ ގޮތަށް ކައުންސިލުން ނިންމާފައިވާއިރު އައްޑޫގައި ކޮވިޑް19 އިން ރައްކާތެރިވުމަށް ސިޓީ ކައުންސިލުން އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.

1 ކޮމެންޓް
ައަފިރިން
މާޗް 26, 2020
އައްޑޫ ބަންދު ކޮއްލާވީނީ،