English Edition
Dhivehi Edition

ނުރައްކާތެރި ކޮވިޑް19 ކޮރޯނާ ވައިރަސް ޖެހިގެން ދުނިޔޭގެ އެކި ގައުމުތަކުން މިހާތަނަށް މަރުވި މީހުންގެ އަދަދު 21,295 އަށް އަރައިފިއެވެ. 2019 ވަނަ އަހަރު ޗައިނާގެ ވޫހާން އިން އެންމެ ފުރަތަމަ ފެނުނު މި ވައިރަސް މިހާރު ދުނިޔޭގެ ހުރިހާ ގައުމަކުން ހެން ވަނީ ފެނިފައެވެ.

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިހާތަނަށް 471,417 އަށް ވުރެ ގިނަ މީހުންނަށް ވަނީ ކޮވިޑް19 ކޮރޯނާ ވައިރަސް ޖެހިފައެވެ.

މިހާތަނަށް ފަރުވާއެއް ހޯދިފައިވާ ކޮވިޑް19 ޖެހިގެން އެންމެ ގިނަ އަދަދަކަށް މީހުން މަރުވެފައިވަނީ އިޓަލީންނެވެ. ދެވަނަ އަށް އެންމެ ގިނަ އަދަދަކަށް މީހުން މަރުވި ގައުމަކީ ސްޕެއިނެވެ.

ކޮވިޑް 19 އަށް އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވެފައިވާ ޗައިނާ، އިޓަލީ، އެމެރިކާ އަދި ސްޕެއިނުގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް:

ޗައިނާ: 81661

އިޓަލީ: 74386

އެމެރިކާ: 55231

ސްޕެއިން: 47610

ކޮވިޑް19 އެންމެ ހަލުވިކަމާއި އެކު މިހާރު ފެތުރެމުން އަންނަ ޔޫރަޕުގެ ގައުމުތަކުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާއިރު ހަމައެކަނި ޔޫރަޕުން އެ ވައިރަސް ޖެހުނު މީހުންގެ 200،000 އަށް ވުރެ މައްޗަށް ވަނީ އަރާފައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑް19 ފެތުރެމުންދާއިރު އެންމެ ފަގީރު ގައުމުތަކަށް އެހީވުމަށް 2 ބިލިއަން ޑޮލަރުގެ އެހީގެ ފަންޑެއް ވެސް ޑަބްލިއުއެޗްއޯ އިން ވަނީ ހުޅުވާލާފައެވެ. އަދި މީގެ އިތުރުން ޗައިނާއިން ގެންދަނީ ޔޫރަޕްގެ ބައެއް ގައުމުތައް ވެސް ހިމެނޭ ގޮތަށް ގިނަ ގައުމުތަކަށް ސިއްހީ ސާމާނާއި ޑޮކްޓަރުން ވެސް ފޮނުވާފައެވެ.