English Edition
Dhivehi Edition

ކޮވިޑް 19 އަށް ޝައްކު ކުރެވޭ ޢަލާމާތްތަކާއެކު  ސައުތު ލަންޑަންގެ ޕެކަމް ގައި ދިރިއުޅޭ 36 އަހަރުގެ ކޭލާ ވިލިއަމްސް، އެމެޖެންސީ ހޮޓްލައިން 999 އަށް ގުޅުމުން ގޭގައި މަޑުކުރަން އެންގިތާ  އެއް ދުވަސް ފަހުން މަރުވެއްޖެ އެވެ.

3 ކުދިންގެ މަންމައެއްކަމަށްވާ ކޭލާ މާރޗް 21 ވީ ހޮނިހިރު ދުވަހު މަރުވީ ލަންޑަންގެ ހެލްތް އެމެޖެންސީ އިދާރާއަށް ގުޅުމުން ޗެކްކުރުމަށްފަހު ގޭގައި ފަރުވާ ދިނުމަށް ބެހެއްޓި ދުވަހުގެ ފަހު ދުވަހުއެވެ.

ކޭލާގެ ފިރިމީހާ ފެބިއާން ވިލިއަމްސް ބުނީ ހުކުރު ދުވަހު 999 އަށް ގުޅިއިރު އޭނާގެ އަންހެނުން ގަދައަށް ހުންއައިސް މޭގައި ރިއްސާ ހުއްޓާނުލާ ކެއްސަމުން ދިޔަ ކަމަށެވެ.

“އަހަރެން 999 އަށް ގުޅީ އަންހެނުންނަށް ހަމަޔަށް ނޭވާވެސް ނުލެވޭތީ. އޭނަ ދިޔައީ ހޮޑު ލަމުން. އަދި މޭމަތީ ގައި ރިއްސާތީ އުޅުނީ. ފޯންކޯލްގައި ހުއްޓާ އެއަށްވުރެ ބޮޑުވަރު ވުމުން އެތަނުން ބުނީ ބިންމަތީ ބެއްވުމަށްފަހު ހަށިގަނޑު ސީދާ ކޮށްލުމަށް.” ފެބިއާން ބުންޏެވެ.

“ހެނދުނު 8.32 ގައި ހެލްތްވޯކަރ އައިސް ބައެއް ޓެސްޓުތައް ހެދި. އަދި ބުނީ ހޮސްޕިޓަލަށް ގެންދާވަރެއް ނުވެޔޭ.  އިސްކަންދޭ މިންގަނޑު”ޕްރިއޯރިޓީ”  އެއްނޫނޭ . އެހެން ކިޔާފަ ދިޔައީ.

ވިލިއަމް  ބުނީ ޖެހިގެން އައި ދުވަހު އަންހެނުންގެ ޙާލު އިތުރަށް ބޮޑުވިކަމަށާއި އޭނާ ފެންވަރުވާ ރީތިކޮށް އެއްޗެއް ކާން ދިނުމަށްފަހު އަރާމްކުރުވަން ބާއްވާފައި އިރުކޮޅަކު އައިސް ބަލާލިއިރު މޫނުވަތަށް ވެއްޓިފައި އޮތްކަމަށެވެ. އޭރު ވެސް އޭނާ ވަނީ މަރުވެފައިކަމަށް ވިލިއަމް ބުންޏެވެ.

އަނެއްކާވެސް 999 އަށް ގުޅުމުން އޭގެ އިރުކޮޅެއް ފަހުން އެންބިއުލާންސް އައިސް ކުރި އެއްވެސް މަސައްކަތަކުން ކޭލާ ސަލާމަތް ނުކުރެވުނު ކަމަށް ވިލިއަމް ބުންޏެވެ. 49 އަހަރުގެ ވިލިއަމް ބުނީ އޭގެ އިރުތަކެއްފަހުން ފުލުހުން އައި ކަމަށާއި އެހެންނަމަވެސް އެމީހުންއެތެރެއަށް ނުވަދެ ބޭރުގައި މަޑުކޮށްގެން ތިއްބާ ޖަނާޒާގެ ކަންތަކުގައި އައިމީހުންގެ އިރުޝާދާއެކު މުޅި ހަށިގަނޑު ފޮރުވައިގެން ތިބެ މަރުވެފައިވާ އޭނާގެ އަންހެނުން ގެ މޫނާއި ހަށިގަނޑު ބާރަށް ނިވާކޮށް ބަނދެ ޚާއްސަ ދަބަހަކަށް ލައިގެން ދިއުމާއި ހަމަޔަށް ވެގެން އުޅޭގޮތް ނޭނގި އޭނާ ހުރި ކަމަށެވެ.

” އެމީހުން އަހަރެން މިތަނަށް ދޫކޮށްފަ ދިޔައީ. އެކަހެރިވާށޭ ބުނުން ފިޔަވައި އެހެން އެއްވެސް އެއްޗެއް ނުބުނޭ. އަހަރެންނަކީ ޑައިބެޓިކްސްގެ ބަލިމީހެއް. ދެން ކަން ކުރަންވީ ގޮތްވެސް އަހާނެ ގޮތެއް ވެސް އެނގޭކަށް ނެތް. މަރުވެގެންދިޔަ އަންހެނުންގެ ޓެސްޓް ނަތީޖާއެއް ވެސް ކިޔައެއް ނުދޭ. “

މިކަމާއި ގުޅޭ ގޮތުން ލަންޑަން އެމްބިއުލަންސް ސާވިސްއިން ބުނެފައިވަނީ ހުކުރު ދުވަހު އެގެއިން މީހަކު ބަލިވެގެން ގުޅިކަމަށާއި އެހީތެރިން ގޮސް ފަރުވާ ދިނުމަށްފަހު ބޮޑުވަރުވާނަމަ ގުޅުމަށް އެދުނުކަމަށެވެ. އޭގެ އަނެއްދުވަހު ހަވީރުގެ ވަގުތެއްގައި އެގެއިން ގުޅުމުން 7 މިނިޓްތެރޭ އެމްބިއުލަންސް ދިޔައިރު އަންހެންމީހާ  މަރުވެފައިވާކަމަށާއި އެކަމާއި ހިތާމަ ކުރާކަމަށެވެ.

ކޮވިޑް 19 ޖެހިގެން އިނގިރޭސި ވިލާތުގައި އިއްޔެ އާއި ހަމައަށް 9529 މީހަކު އެބަތިއްބެވެ. މިބަލީގައި އެޤައުމުގެ 465 މީހަކު މިހާތަނަށް މަރުވެފައިވާ އިރު އިއްޔެ ވަނީ އިނގިރޭސި ވަލީއަޙްދު ޕްރިންސް ޗާލްސް ވެސް ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައެވެ.