English Edition
Dhivehi Edition

ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓީވް ވި މީހުންގެ ތެރެއިން 8 މީހަކު ރަނގަޅުވެފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވީ 13 މީހުންނެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ.

ކޮވިޑް-19 އިން އަލަށް ރަނގަޅުވެފައިވާ ތިން މީހުންނަކީ ކޮން ބައެއްކަން ސަރުކާރުން އަދި ހާމައެއް ނުކުރެއެވެ. ނަމަވެސް މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލްވުމުގައި ރައީސް ވަނީ މިހާރު ރާއްޖޭގައި ކޮވިޑް19 އަށް ފަރުވާ ދެމުންދަނީ ފަސް މީހުންނަށްކަން ހާމަކުރައްވާފައެވެ. އަދި ކޮވިޑް ޖެހުނު މީހުންގެ ތެރެއިން އަށް މީހަކު ރަނގަޅުވެފައިވާ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖެއިން ޕޮޒިޓިވްވި މީހުން ރަގަޅުވަމުން އައިނަމަވެސް ފަރުވާ ކުޑަކޮށްލައިގެން ނުތިބެވޭނެ ކަަމަށެވެ. ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތަކާއި ރާއްޖެ އޮތްގޮތުން މިކަމުން އައިރައގަތުމަށް އެހެން ގައުމުތަކަށްވުރެ ފަސޭހަވާނެ ކަމަށާއި ނަމަވެސް ދުނިޔޭގެ އެހެން ހިސާބުތަކުން މިބަލި މުޅިން ފިލައިގެންނުދާނަމަ، އެއީ ކަންބޮޑުވުމެއް ކަމަށެވެ.

ރާއްޖޭގައި ކޮވިޑް-19އަށް ޕޮޒިޓިވްވީ 13 މީހެކެވެ. އެއީ ކުރެއްދޫ ރިސޯޓްގެ ފަސް މީހަކާއި ބަތަލާ ރިސޯޓްގެ ދެ މީހުންނާއި ކުރަމަތި ރިސޯޓްގެ ދެ މީހުންނާއި އައިލެންޑް ސަފާރީގެ ދެ މީހުންނާއި އަނަންތާރާ ދިގު ރިސޯޓްގެ ދެ މީހުންނެވެ.