English Edition
Dhivehi Edition

އައްޑޫސިޓީގެ މަރަދޫފޭދޫން ކޮވިޑަށް ޓެސްޓް ކުރި މީހާގެ އެ ބައްޔަށް ނެގެޓިވް ކަމަށް އައްޑޫސިޓީގައި ހަދާފައިވާ އެމަޖެންސީ ރެސްޕޮންސް ޓާސްކު ފޯހުން ހާމަކޮށްފިއެވެ.

ކޮވިޑް 19 އާއި ގުޅިގެން އައްޑޫސިޓީން މިހާތަނަށް 6 މީހެއްގެ ސާމްޕަލް ނަގާފައިވާއިރު އެ ހުރިހާ މީހުންގެ ނަތީޖާ ވަނީ ލިބިފައެވެ. އެހުރިހާ ނަތީޖާއެއްވެސް ނެގެޓިވް ކަމަށް ޓާސްކު ފޯހުން ބުނެއެވެ.

ކޮވިޑް 19 އާއި ގުޅިގެން އައްޑޫސިޓީގައި ފްލޫ ކްލިނިކެއް ގާއިމްކޮށް ހުންއައުމާއި އަރިދަފުސްރޯގާ ފަދަ ބަލިތަކަށް ފަރުވާ ދޭން ވެސް ވަނީ ފަށާފައެވެ. އައްޑޫސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ކުރީގެ ޕަބްލިކް ހެލްތް ޔުނިޓްގައި ހުޅުވާފައިވާ މި ކްލިނިކަކީ  އައްޑޫގައި އެކުލަވާލެވިފައިވާ ކޮވިޑް-19 އެމަޖެންސީ ރެސްޕޮންސް ޓާސްކްފޯހުން ގާއިމް ކޮށްފައިވާ ކްލިނިކެކެވެ.

ކޮވިޑް-19 އާއި ގުޅިގެން އައްޑޫ ސިޓީ ޑިސްއިންފެކްޓްކުރުމުގެ މަސައްކަތް އަންނަ ހުކުރު ދުވަހު ފެށުމަށް ނިންމާފައިވާއިރު އައްޑޫ ސިޓީ ކައުންސިލުން ވަނީ ޢާންމު ސަރަޙައްދުތަކުގައި އައިސް ފޮށި ބަހައްޓައިގެން މަސްވިއްކުމާ، ހުއްދަ ނެތި ކާބޯތަކެތި ވިއްކުން ވަކި ގޮތަކަށް އަންގަންދެން ހުއްޓާލުމަށް ވެސް އަންގައިފަ އެވެ.