English Edition
Dhivehi Edition

ދުނިޔޭގައި ފެތުރެމުން އަންނަ ކޮވިޑް 19 އާއި ގުޅިގެން ރާއްޖޭގައި އަޅަމުންދާ ފިޔަވަޅުތަކާއި ބެހޭ ގޮތުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ނޫސްވެރިންނާއި ބައްދަލު ކުރައްވަމުން ބޭރަށްވަޑައިނުގަތުމަށް އާދޭސް ދަންނަވައިފިއެވެ.

4.52 ގައި ފަށައިގެން ކުރިއަށްދާ މި ޕްރެސްގެ އެންމެ ބޮޑު  ބޭނުމަކީ ކޮރޯނާވައިރަހާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތްތަކުގެ އިތުރު ތަފްސީލް ދެއްވުން ކަމަށާއި  އެގޮތުން 46 އިދާރާއެއް ގުޅިގެން ކޮވިޑް 19 އިން ރައިގަތުމަށް ކުރަމުންދާ ބުރަ މަސައްކަތް  ފާހަގަކޮށް ވިލަރެސް ޓީމަށް ޝުކުރުއަދާ ކުރެއްވިއެވެ. މިއާއެކު ރައީސްވަނީ ނޫސް ވެރިންގެ މަސައްކަތް ވެސް ފާހަގަ ކުރައްވާފައެވެ. މިއާއެކު އަޅަމުންދާ ފިޔަވަޅުތައް ތަންފީޒު ކުރަމުންދާއިރު  ރާއްޖޭގެ ރައްޔިތުން ގެ ކެތްތެރިކަމާއި ވެދެއްވާ އެހީތެރިކަން ރައީސް ފާހަގަ ކުރައްވާ ޝުކުރު އަދާ ކުރައްވާފައިވެއެވެ.

ރައީސް ގެ ވާހަގަ ފުޅުގައި ސިއްޙީ ދާއިރާގެ ތަޖްރިބާކާރުންނަށް ވަރަށް ބޮޑަށް ތަޢުރީފް ކުރައްވާ އެމީހުންގެ މަސައްކަތަށް ސާބަސް ރައްދު ކުރައްވާފައިވެއެވެ. އަދި އެއީ އިސް ބަސް ވެސް އަދި އެންމެ ފަހު ބަސްވެސް ދެއްވާނެ މީހުންކަން ވަނީ ފާހަގަ ކުރައްވާފައެވެ.

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވަނީ  މި މަހުގެ 27 އިން ފެށިގެން އޮންއެރައިވަލް ވިސާ ދިނުން ހުއްޓާލަން ނިންމައިފައެވެ. އަދި އިތުރު އެއް ހަފްތާއަށް ސަރުކާރު ބަންދު ކުރަންވެސް ވަނީ ނިންމަވާފައެވެ .