English Edition
Dhivehi Edition

މަތީ ތައުލީމް ހާސިލު ކުރުމަށް ދޫކޮށްފައިވާ ސްޓޭޑަންޓް ލޯން ދެއްކުން 6 މަސްދުވަހަށް ފަސްކުރުމަށް ނިންމައިފިއެވެ.

މިކަން އިއުލާނުކުރެއްވީ ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުއެވެ.

ރައީސް ވިދާޅުވީ ސަރުކާރުން މިހާރު ނިންމާފައިވަނީ ސްޓޫޑަންޓް ލޯނު އަނބުރާ ދެއްކުން 6 މަސްދުވަހަށް ފަސްކޮށްދިނުމަށްކަމަށާއި މިހާރުވެސް 4000 އަށް ވުރެ ގިނަ ފަރާތްތަކުން މި ލޯނު ދައްކަން ޖެހޭކަމަށެވެ. އަދި މިހާރު އޮތް ސްޓޫޑެންޓް ލޯނު ސްކީމް ކަނޑައެޅިފައި އޮތް ގޮތަށް ކުރިއަށް ދާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ސަރުކާރުން މިގޮތަށް ނިންމާފައިވާއިރު މި ލޯނު ސްކީމްގެ ދަށުން 550 ފަރާތަކަށް 151 މިލިއަން ރުފިޔާގެ ލޯނު ދޫކުރުމަށް ވަނީ ނިންމާފައެވެ. އދި ލޯނު ދޫކުރާއިރު، އެފަރާތްތައް ކަނޑައެޅުމުގައި މާލީ ތަނަވަސްކަން ނެތް ފަރާތްތަކަށް އިސްކަން ދެއްވާނެ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

ސްޓޫޑެންޓް ލޯނުގެ އިތުރުން ސަރުކާރުން ވަނީ ގައުމީ ބޭންކުން ދޫކޮށްފައި ހުރި ލޯނުތައް އަނބުރާ ދެއްކުން ވެސް ހަ މަހަށް ލަސްކޮށްދީ، އެ އަނބުރާ ދެއްކުމުގެ މުއްދަތަށް ހަ މަސް ދުވަސް އިތުރުކޮށްދޭން ނިންމައިފަ އެވެ.