#Covid19: Wuhan City in beyrah nukuthumuge hudhdha dhenee - AO News #Covid19: Wuhan City in beyrah nukuthumuge hudhdha dhenee

ކޮވިޑް 19 ކަވަރޭޖް

  • އައްޑޫސިޓީން، ދަނޑުވެރިކަމުގެ މަސައްކަތަށް ބިން ދޫކުރަނީ
  • މުވައްޒަފުންނަށް ނޯޕޭ ދީ މުސާރަކުޑަކުރަނީ ގާނޫނާ ހިލާފަށް: ލޭބާ ރިލޭޝަންސް
740,235 CONFIRMED
156,588 RECOVERED
548,612 ACTIVE
35,035 DEATHS
WORLD
17 CONFIRMED
13 RECOVERED
2 ACTIVE
0 DEATHS
MALDIVES
Last updated on : 2020-03-30 14:27
ކޮވިޑް-19: ވުހާން ސިޓީން ބޭރަށް ނުކުތުމުގެ ހުއްދަ ދެނީ
5 ދުވަސް ކުރިން

ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ފެތުރުން ޗައިނާގައި ބަލި ކޮންޓްރޯލްވެ އާންމު ދިރިއުޅުމުގެ ހާލަތަށް ރުޖޫއަވާން ފެށުމާއި ގުޅިގެން ކޮވިޑް-19 އެންމެ ފުރަތަމަ ފެތުރެން ފެށުނު ޗައިނާގެ ހޫބެއި ޕްރޮވިންސުގެ ވުހާން ސިޓީން ބޭރަށް ނުކުތުމުގެ ހުއްދަ އޭޕްރިލް 8ވަނަ ދުވަހުން ފެށިގެން ދޭން ނިންމައިފިއެވެ.

Advt

Advertisement

ޗައިނާ ސަރުކާރުން ނިންމާފައިވަނީ ކޯވިޑް-19 ޖެހިފައިވާ މީހަކާ ނުވަތަ ވައިރަސް ޖެހިފައިވާކަމަށް ޝައްކުކުރެވޭ މީހަކާ ބައްދަލުވެފައި ނުވާކަން ޔަޤީންކޮށްދޭ ޞިއްޙީ ފެހި ކޯޑު އޮންނަ ކޮންމެ މީހަކަށް ވުހާނު ސިޓީން އޭޕްރިލް އަށެއްގެ ފަހުން ނުކުމެވޭނެކަމަށެވެ.

ފާއިތުވީ ސައުވީސް ގަޑިއިރުގެ ތެރޭގައި ހޫބެއި ޕްރޮންވިންސުން ވަނީ ކޯވިޑް-19 ޖެހިފައިވާ މީހަކު ފެނިފައެވެ. އެއީ ހޫބެއި ޕްރޮވިންސުންވެސް ފާއިތުވި ސައުވީސް ގަޑިއިރުގެ ތެރޭގައި ވައިރަސް ޖެހުނު ހަމައެކަނި މީހާއެވެ. އަދި ފާއިތުވި ފަސް ދުވަހުގެ ތެރޭގައި ވުހާނުން ވައިރަސް ޖެހުނު ހަމައެކަނި މީހާއެވެ.

ކޯވިޑް-19 ފެތުރެން ފެށުމުން ޖެނުއަރީ މަހުގެ ތެރޭގައި ވުހާން ސިޓީވަނީ ވަދެނުކުމެނޫޅެވޭ ގޮތަށް އެއްކޮށް ބަންދުކޮށްފައެވެ. އަދި އާންމު ދަތުރުފަތުރާއި ރަށުން ބޭރަށް ދަތުރުކުރާ ފްލައިޓުތަކާއި ރޭލުތައްވަނީ މެދުކަނޑާލާފައެވެ. ނަމަވެސް ވުހާންގައި މިހާރު ވައިރަސް ފެތުރޭ މިންވަރު އެއްކޮށްހެން ދަށްކުރެވިފައިވާތީއާއި އަލަށް ވައިރަސް ޖެހޭ މީހުން ވަރަށް މަދުން ނޫނީ ނުފެންނާތީ އެސިޓީން ބޭރަށް ދަތުރުކުރުމުގެ ހުއްދަ ދިނުމަށް އެޤައުމުގެ ސަރުކާރުންވަނީ ނިންމާފައެވެ.

މުޅި ދުނިޔޭގައި މި ބަލިޖެހުނު މީހުންގެ އަދަދު ރޭ ހަތަރު ލައްކަ އަށް އެރިއިރު މަރުވި މީހުންގެ އަދަދު ގާތްގަނޑަކަށް 19،000 އަށް ވަނީ އަރައިފަ އެވެ.