English Edition
Dhivehi Edition

ކޮވިޑް19 އާއި ގުޅިގެން ދުނިޔޭގެ ގިނަ ގައުމުތަކަށް އިގްތިސާދީ ގޮތުން ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވެ ކާބޯތަކެތި ހުސްވެދާނެކަމުގެ ބިރު ހީވެފައިވާ މި ދަނޑިވަޅު، ރާއްޖެއަށް ކާޑުގެ ބާވަތްތައް މެދުނުކެނޑި ލިބޭނެކަމުގެ ޔަގީންކަން އިންޑިއާ ސަރުކާރުން ދީފިއެވެ.

އިންޑިއާ ހައިކޮމިޝަނުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ ދުނިޔޭގައި ހަލުވި ކަމާއި އެކު ފެތުރެމުންދާ ކޮވިޑް-19 ގެ ސަބަބުން ދަތުރުފަތުކުރުމުގައި ދަތިތަކެއް ދިމާވި ނަމަވެސް ހަނޑޫ، ފުއް އަދި ހަކުރު ފަދަ ކާޑުގެ ބާވަތްތަށް މެދުނުކެނޑި އިންޑިއާއިން ލިބޭނެ ކަމަށެވެ،

މީގެ އިތުރުން ހައިކޮމިޝަނުން ވިދާޅުވީ ހަނޑުލާއި ހަކުރުގެ 20 ދުވަހުގެ ސަޕްލައި މިހާރު އިންޑިއާއިން ޝިޕް ކުރެވިފައިވާކަމަށެވެ. އަދި އިތުރު 1500 މެޓްރިކް ޓަނުގެ ހަނޑުލާއި 500މެޓްރިކް ޓަނުގެ ހަކުރުގެ ޝިޕްމެންޓެއް ޓުޓިކޯރިން ޕޯޓުގައި ލޯޑު ކުރެވެމުން ދާ ކަމަށް ވެސް ހައިކޮމިޝަނުން ވަނީ ވިދާޅުވެފައެވެ. އަދި ހާސްކަންމަތީގައި ތިއްބަވައިގެން ކާޑުގެ ބާވަތްތައް ގަނޑުކޮށް ނުގަތުމަށް ހައިކޮމިޝަނުންވެސް ވަނީ އިލްތިމާޒުކޮށްފައެވެ.