Safari akaai ithuru resort eh Monitoring ah - AO News Safari akaai ithuru resort eh Monitoring ah

ކޮވިޑް 19ކަވަރޭޖް

1,431,951CONFIRMED
302,209RECOVERED
1,047,657ACTIVE
82,085DEATHS
19CONFIRMED
13RECOVERED
6ACTIVE
0DEATHS
ސަފާރީ އަކާއި އިތުރު ރިސޯޓެއް މޮނިޓަރިންއަށް
2 ހަފްތާ ކުރިން

ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ޖޭ.އޭ މަނަފަރު މޯލްޑިވްސް ރިސޯޓުން ދިވެއްސެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.އެޗްޕީއޭ އިން ވިދާޅުވީ މިހާރު އޭނާގެ ސާމްޕަލް ނަގާ ޓެސްޓުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ޓެސްޓުގެ ނަތީޖާ ލިބެންދެން އެ ރިސޯޓު މޮނިޓަރިން އަށް ލާފައިވާ ކަމަށެވެ.

Advt

Advertisement

މީގެ އިތުރުން ،ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރި މީހަކު ފެނުމުން، ދެ ދިވެހިންނާއި ތިން ބިދޭސީއެއް ތިބި ސަފާރީއެއްވެސް ވަނީ ކަރަންޓީނުކޮށްފައެވެ. “މާހާ” ނަމަކަށް ކިޔާ ސަފާރީއެއްގައި ހުރި މީހެއްގެ ފުށުން ވައިރަހަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނެމުން މޮނިޓަރިންގެ ހާލަތައް ގެނައިސްފައިވާއިރު އެ ސަފާރީ އޮތީ ހުޅުމާލޭ ކައިރީގައިކަމަށް ސަރުކާރުންވަނީ ވިދާޅުވެފައެވެ. އެ ސަފާރީގެ އިތުރުން މިވަގުތު މޮނިޓަރިންގެ ހާލަތުގައި އޮތީ، އައިލެންޑް ސަފާރީ އާއި އިކުއޭޓާރ ސަފާރީއެވެ.

މިހާރު މަނަފަރު ރިސޯޓުގެ އިތުރުން ރީތި ބީޗް ރިސޯޓުންވެސް ބައްޔަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނުނު ދެ މީހެއްގެ ސާމްޕަލްތައް ނަގާފައިވާއިރު އެ ރިސޯޓުވެސް މިހާރު އޮތީ މޮނިޓަރިންގެ ހާލަތުގައެވެ.