މޫސުމަށް އަންނަ ބަދަލުތަކާމެދު ވަކާލާތުކޮށް ގެން މުޅި ދުނިޔޭގެ ސަމާލުކަން ހޯދާފައިވާ ސްވިޑްންގެ ރައްޔިތެއް ކަމަށްވާ ގްރެޓާ ތަމްބާގް އަށް ވެސް ކޮވިޑް 19 ޖެހިއްޖެ އެވެ.
ޢުމުރުން އެންމެ 17 އަހަރުގެ ތަމްބާގް މިއަދު އޭނާގެ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ހުޅަނގުގެ ޤައުމުތަކަށް ކުރި ދަތުރަކަށްފަހު ވޭތުވެދިޔަ 2 ހަފްތާ އޭނާ ހޭދަ ކޮށްފައިވަނީ މަންމައާއި ދައްތައާއި ވަކިން އެކަހެރި އެޕާޓްމަންޓެއްގައި ކަމަށެވެ.
” މީގެ 10 ވަރަކަށް ދުވަސް ކުރިން ބަލީގެ ޢަލާމާތްތައް ފެންނަން ފެށި. އެގޮތުން ވަރުބަލި ވުމާއި ހުންއައިސް ކަރަށްތަދުވެ ކެއްސާހެދި. އަހަރެންނާއިއެކު ބްރަސަލްއަށް ދަތުރުކުރި ބައްޕައަށް ވެސް ވަނީ ކޮވިޑް 19 ޖެހިފަ. ”
ޖަރުމަން ވިލާތުގެ ސްވިޑްން ގައި ދިރިއުޅެމުންދާ ތަމްބާގް ބުނީ އެމަޖެންސީ ޙާލަތުގައި ބޭންފަރުވާއަށް އެދޭ ބަޔަކު ނޫނީ އެޤައުމުގައި ކޮވިޑް 19 އަށް ޓެސްޓް ނުކުރާ ކަމަށާއި ބަލީގެ ޢަލާމާތްފެނި ޙާލު ބޮޑު ނޫން އެންމެން ގޭގައި އައިސޮލޭޓް ވުމަށް އަންގާފައިވާކަމަށެވެ. އެސަބަބާހެދި ތަމްބާގްވެސް ކޮވިޑް 19އަށް ޓެސްޓް ނުކުރާ ކަމަށާއި އެހެންނަމަވެސް ބަލިން ފެންނަ ހުރިހާ ޢަލަމާތް ތަކެއް އޭނާގެ ކިބައިން ވެސް ފެނިފައިވާކަމަށް އޭނާ ބުނެފައިވެއެވެ.
ތަމްބާގް ބުނީ އޭނާ މިހާރު ރަނގަޅުވަމުން އަންނަ އިރު ހިތުގެ އަޑިން ގަބޫލު ކުރާ ގަބޫލު ކުރުމަކީ އޭނާ ބަލިނޫންކަމުގެ އިޙްސާސްއެވެ.
އޭނާ ފާހަގަ ކުރި ގޮތުގައި އެންމެ ފަހުން އޭނާއަށް ޖެހުނު ރޯގާގައިވެސް މިހާރަށްވުރެ މާ ބޮޑުވަރުވި ކަމަށާއި އެހެން ކަން އޮތް ނަމަވެސް ކޮވިޑް 19 ގެ ޢަލާމާތްތަކާއެކު ވީއެންމެ އަވަހަށް ފަރުވާ ހޯދައިގެން އެހެންމީހުންނާއި އެކަހެރި ވުމަށް އިސް ކަން ދިންކަމަށެވެ.
ކޮވިޑް 19 ޖެހުމުން ކުޑަކުދިންގެ ކިބައިން ފެންނަ ޢަލާމާތްތަކާއި އަސަރުތައް ކުޑަވިޔަސް މިކަމުގައި އޮތް އެންމެ ބޮޑު ބިރަކީ އެކުއްޖެއްގެ ފަރާތުން އެތައްބަޔަކަށް ބަލި ފެތުރުމުގެ ފުރުސަތު ބޮޑުކަން ތަމްބާގް ފާހަގަ ކުރިއެވެ.
މިކަމަށް ފަރުވާ ކުޑަކުރުމުގެ ސަބަބުން ޙާލުބޮޑު ބަލިމީހުންނާއި ޢުމުރުން ދުވަސްވީ މީހުންނަށް އެތައް ނުރައްކަލެއް ކުރިމަތިވެދާނެކަން ދަނެގެން އެކަމަށް ވިސްނައި ގޭގައި ދެމި ތިބުމަށް ތުމްބާގް ވަނީ އެދިފައެވެ. އަދި ހަމައެއާއެކު އެކަކު އަނެކަކަކަށް އެހީތެރިކަން ފޯރުކޮށްދީ އަޅާލުން ދިނުމަށް ވެސް ތަމްބާގް އޭނާގެ ޕޯސްޓުގައި އެދިފައިވެއެވެ.