English Edition
Dhivehi Edition

ކަމާބެހޭ ފަރާތްތަކުން ކިތަންމެ ވަރަކަށް އެންގި ކަމުގައި ވިޔަސް ގޭގައި މަޑުނުކުރެވޭނެ ކަމަށާއި ކޮރޯނާ ވައިރަހުގެ އުނދަގުލަށް ވުރެ އަނބިމީހާގެ އުނދަގޫ މާ ބޮޑުކަމަށް ބުނެ އިޓަލީގެ ފިރިހެނަކު ކަމާ ބެހޭ ފަރާތްތަކަށް ޝަކުވާ ހުށަހަޅައިފިއެވެ.

އޭނާ ވަނީ ގޭގައި ބަންދުވެގެން ހުންނަން ބޭނުން ނޫންކަމަށާއި އެގޮތަށް ހުރުމަކީ އިތުރު އުނދަގުލެއް ކަމަށް ބުނެފައެވެ.

އިޓަލީގެ ނޫސްތަކުން އެމީހާގެ ނަން ހާމަކޮށްފައި ނުވިނަމަވެސް އޭނަގެ އިންޓަވިއުވަނީ ގެނެސްދީފައެވެ. އުމުރުން ދުވަސްވެފައިވާ އެފިރިހެންމީހާ އޭނާގެ އިންޓަވިއުގައި އޭނާ ބުނެފައިވަނީ ގޭގައި ހުރުމަށް ވުރެ ބޭރުތެރޭގައި އުޅެގެން ވައިރަސް އަށް ކޮންޓެކްޓް ވިޔަސް އެއަށް ވުރެ މާ ހެޔޮ ކަމަށެވެ.

ކޮރޯނާވައިރަސް ކޮންޓްރޯލުން ނެއްޓި، ގައުމު ބިރުވެރިކަމަށް ދިއުމުން، އިޓަލީން ވަނީ މުޅި ގައުމު ލޮކްޑައުންއަށް ގެންގޮސް ގެއިން ބޭރަށް ނިކުތުން މަނާކޮށްފައެވެ. އިޓަލީގައި ފެކްޓަރީތައް ބަންދުކޮށްފައި އިޓަލީގެ ހުރިހާ އެއްގަމު ދަތުރުތަކެއް ވަނީ ހުއްޓުވާފައެވެ.

އިޓަލީގެ ބޮޑު ވަޒީރު ޖިއުސެއްޕެ ކޮންޓޭ ވިދާޅުވީ ގައުމު ބަންދުކޮށްފައި އޮތް މުއްދަތު ހަފުތާތަކަކަށް ނުވަތަ މަސްތަކަކަށް ދިގު ދެމިގެން ހިނގައިދާނެ ކަމަށެވެ.

ބޭނުމެއްގައި ނޫން ގޮތަކަށް މަގު މައްޗަށް ނުކުންނަ މީހުން އިޓަލީ ފުލުހުން މިހާރު ދަނީ ޖޫރިމަނާ ކުރަމުންނެވެ.

ކޮވިޑް-19 ޖެހިގެން އިޓަލީގެ ލޮމްބާޑީ ސަރަހައްދުން އެންމެ ފުރަތަމަ މީހަކު މަރުވީ ފެބްރުއަރީ 21 ގަ އެވެ. ނަމަވެސް މަހެއްހާ ދުވަސް ތެރޭ މަރުވި މީހުންގެ އަދަދު ވަނީ 5،476 އަށް އަރައިފަ އެވެ. އިޓަލީން ކޮވިޑް-19 ވަނީ 59،138 މީހުންނަށް ޖެހިފަ އެވެ. ރަނގަޅުވެފައި ވަނީ 7،024 މީހުންނެވެ.

 

 

1 ކޮމެންޓް
ފަސް ކާފު
މާޗް 24, 2020
މިއީ ހަބަރެއްތަ؟ އަނބިމީހާގެ އުދަނގޫ ބޮޑު ކީއްވެ؟ އޭނާގެ ދައުވާއަށް ކަމާބެހޭ ފަރާތްތަކުން އެޅިފިޔަވަޅެއްވެސް ނެތްތަ؟ މި ފަދަ އެތަކެއް ސުވާލެއް އުފެދޭ ކިޔާލީމަ