English Edition
Dhivehi Edition

ކޮވިޑް19 އާއި ގުޅިގެން ކަސްޓަމަސްގެ ސަތާރަ މުވައްޒަފަކާއި އެމްއޭސީލްގެ ސަޅީސް އެއް މުވައްޒަފުންނާއި އިމިގްރޭޝަންގެ އެއް ފަރާތެއްގެ އިތުރުން ޓީއެމްއޭގެ ތިން މުވައްޒަފަކު އެކަހެރިކޮށްފައިވާ ކަމަށް ސަރުކާރުން މިއަދު ބުނެފިއެވެ.

އެމީހުން އެކަހެރިކޮށްފައިވަނީ ސިނަމަން ހަކުރާ ހުރާގައި ކޮވިޑް-19 އަށް ޓެސްޓުތައް ހެދި މީހެއްގެ ނަތީޖާ ލިބިފައި ނުވުމާއެކު އެ ކޭަސްއާ ގުޅިގެންކަމަށް ސަރުކާރުންވަނީ ހާމަކޮށްފައެވެ. މި މަހުގެ 21 ވަނަ ދުވަހު ސިނަމަން ހަކުރާ ހުރާ މޯލްޑިވްސްއިން ބިދޭސީއެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާ ކަމަށް އެޗްޕީއޭއިން ބުނެފައިވާއިރު އާއްމު އުސޫލުގެ ދަށުން އެ ރިސޯޓް އޮތީ މޮނީޓަރިންގެ ހާލަތުގައެވެ.

މިހާތަނަށް ރާއްޖެއިންކޮވިޑް-19 އަށް 13 މީހަކު ޕޮޒިޓިވްވެފައިވާއިރު އޭގެ ތެރެއިން މިއަދާއި ހަމައަށް ފަސް މީހަކު ވަނީ ރަނގަޅު ވެފައެވެ.