English Edition
Dhivehi Edition

އުމުރުން 10 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ވިދާޅުވީ ނޯތު ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށެއްގައި ބިދޭސީއަކު ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް މިއަދު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ތުހުމަތު ކުރެވޭ އުމުރުން 36 އަހަރުގެ ބަނގްލަދޭޝްގެ ފިރިހެނަކު ހައްޔަރުކޮށް މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ހާމަކުރެއެވެ.

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކުގައި ކުއްޖާގެ އައިޑޭންޓިޓީ ރައްކާތެރި ކުރުމުގެ ގޮތުން ހާދިސާ ހިނގާ އަތޮޅާއި ރަށް ހާމައެއް ނުކުރެއެވެ. އަދި މިފަދަ މައްސަލަތަކަކީ ފުލުހުން ޚާއްސަ އިސްކަމެއް ދީގެން ސީރިއަސް މައްސަލަ ތަކެއްގެ ގޮތުގައި ބަލަމުން އަންނަ މައްސަލަތަކެއްކަމަށް ފުލުހުން ވިދާޅުވެއެވެ.