English Edition
Dhivehi Edition
އައިޖީއެމް ހޮސްޕިޓަލް: ފޮޓޯ މިހާރު

މާފަންނުގައި ހަދަމުންދިޔަ އިމާރާތެއްގެ ހަތް ވަނަ ފަންގިފިލާއިން ވެއްޓުނު ބިދޭސީއަކަށް އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފި އެވެ.

ފުލުހުން ބުނީ އެ އިމާރާތުގެ ހަތް ވަނަ ފަންގިފިލާއިން ބިންމައްޗަށް ވެއްޓިފައި ވަނީ ބިދޭސީއެއް ކަމަށާއި އެ މީހާ ވެއްޓިގެން އުޅޭ ކަމަށް މިއަދު އިރުއޮއްސި 6:19 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ކޮފީ ކޯނާ ކައިރީގައި އަޅަމުންދާ އިމާރާތުގައި ހިނގި މިހާދިސާގައި ބިދޭސީ މީހާ ވެއްޓުނީ އެ އިމާރާތުގެ ލިފްޓު ގޮޅިންނެވެ.

ފުލުހުން ބުނި ގޮތުގައި އޭނާއަށް މިހާރު އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުންނެވެ. އޭނާގެ ހާލު ސީރިއަސް ކަމެއް ނުވަތަ ނޫން ކަމެއް އަދި ނޭނގެ އެވެ.

އެ ހާދިސާއާ ގުޅިގެން ފުލުހުން ވަނީ އިމާރާތް ކުރާ ފަރާތްތަކުން ސަލަމާތީ ފިޔަވަޅުތައް އަޅައިގެން މަސައްކަތް ކުރިއަށް ގެންދިއުމަށް އިލްތިމާސްކޮށްފަ އެވެ