English Edition
Dhivehi Edition

އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި ދ. ކުޑަހުވަދޫ އާއި އއ.މާޅޮސް ވާދަކުރި މެޗު ދެ ޓީމް 2-2 އެއްވަރު ވެގެން ނިމިއްޖެއެވެ.

މިރޭގެ މެޗުގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފްގެ 5ވަނަ މިނެޓުގައި ކުޑަހުވަދޫ ޓީމްއަށް ޖަހާ ދީފައިވަނީ ލިބުނު ހިލޭ ޖެހުމަކުން އިބްރާހިމް އުޝާމަތެވެ. އުޝާމަތު ލަނޑައަށް ފަހު މެޗުގެ ނަތީޖާ މެޗުގައި މާޅޮހުން ހަމަހަމަކުރީ ކުޑަހުވަދޫ ޓީމްގެ ކީޕަރު އަބްދުﷲ ޔަޒީދް މާޅޮހުގެ ފޯވާޑް އެންޖެލް ކަރަސްކޯސާ މުނޯޒް ކުރި ފައުލަށް ލިބުނު ޕެނަލްޓީއެއް ގޯލްތެރެއަށް ވައްދާލައިގެންނެވެ. މި ޕެނަލްޓީވެސް ކާމިޔާބުކޮށްދީ ފައިވަނީ މުނޯޒްއެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ކުޑަހުވަދޫއަށްވެސް ޕެނަލްޓީއެއް ލިބިވަނީ ބޭކާރުވެފައެވެ.މި ޕެނަލްޓީ މާޅޮސްގެ ކީޕަރު އިބްރާހިމް ޒަމީރުވަނީ ދިފައުކޮށްފައެވެ.

ދެވަނަ ހާފްވެސް ރަނގަޅަ ކުޅެ ފަސްވަނަ މިނެޓުގައި ކުޑަ ހުވަދޫއިން ވަނީ މެޗުގައި ދެވަނަ ފަހަރަށް ލީޑް ނެގާފައެވެ. މި ލަނޑު ކުޑަހުވަދޫ ޓީމަށް ޖަހައިދި ފައިވަނީ އަދާމް ޝަހީމެވެ. މި ލަނޑައަށް ފަހު މެޗުގައި މޮޅު ކުޅުމެއްދެއްކި މާޅޮހުންނެވެ.މާޅޮހުން ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ ހަމަހަމަކުރީ މެޗުގެ 76ވަނަ މިނެޓުގައި ފުރަތަމަ ލަނޑުވެސް ޖަހައިދިން މުނޯޒެވެ.

މާޅޮހާއި މިނިވަން ޗެމްޕިއަން ޝިޕްގެ ޗެމްޕިއަން ދ.ކުޑަހުވަދޫ މިރޭ ކުޅުނު މެޗް އެއްވަރު ވެފައި ވާއިރު މިއީ ލީގުގައި މި ދެ ޓީމް ވެސް ކުޅުނު ތިންވަނަ މެޗެވެ.