English Edition
Dhivehi Edition

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ކްލަބް ގްރީން ސްޓްރީޓްސް އާއި ދެކޮޅަށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ކުޅުނު މެޗު 1-0ން ނިއު ރޭޑިއަންޓް މޮޅުވެއްޖެއެވެ.

އިއްޔެ ހަވީރު ނިއުރެޑިއެންޓް އާއި ގްރީން ސްޓްރީޓް ބައްދަލުކުރި މެޗުގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފްގައި ނިއު ރޭޑިއަންޓަށް ކާމިޔާބުކޮށްދީފައިވަނީ ގައުމީ ޓީމްގެ ކުރީގެ ކެޕްޓަން އަލީ އަޝްފާގް(ދަގޭ) އެވެ.

މެޗް ފަށައިގެން ނިއު ރޭޑިއަންޓުން މޮޅު ކުޅުމެއް ދައްކާފައިވާ އިރު މި މެޗްގައި ދެ ޓީމަށްވެސް ވަނީ ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތަކެއް ލިބިފަ އެވެ. މި މެޗްގައި ޖެހި ހަމައެކަނި ލަނޑު މެޗްގެ 43 ވަނަ މިނިޓްގައި އަލީ އަޝްފާގް ކާމިޔާބު ކުރިނަމަވެސް އަޝްޕާގް އަށް ވަނީ މިމެޗުގައި ލަނޑު ޖަހާނެ ގިނަ ފުރުސަތު ތަކެއް ލިބި ބޭކާރު ކޮށްލާފައެވެ. މިރޭގެ މެޗުގައި ކާމިޔާބު ކުރި ހަމައެކަނި ލަނޑު އަޝްފާގް ކާމިޔާބުކޮށްފައިވަނީ ގްރީންގެ ކީޕަރަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ ހުހަށް އޮތް ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ.

މެޗްގެ ނަތީޖާ އެއްވަރު ކުރުމަށް 82 ވަނަ މިނިޓްގައި ގްރީން އަށް ވަނީ ޕެނަލްޓީ އޭރިޔާ ތެރެއިން އަކުރަމް ކުރި ފައުލް އަކާއި ގުޅިގެން ޕެނެލްޓީއެއް ލިބިފައެވެ.މި ޕެނަލްޓީ އިލިއާ ފުރަތަމަ ފަހަރަށް ކާމިޔާބުކުރި ނަމަވެސް ގްރީން ސްޓްރީޓްގެ ކުޅުންތެރިޔަކު ޕެނަލްޓީ ޕޮނުވާލުމުގެ ކުރިން އޭރިޔާ ތެރެއަށް ވަންކަމަށް ބަލައި ރެފްރީ ވަނީ އަލުން ޕެނެލްޓީ ޖަހުވާފައެވެ. ދެވަނަ ފަހަރަށް ޖެހި ޕެނަލްޓީ ދަނޑީގައި ޖެހިފައި ބޭރަށް ނިކުތުމުން އިލިއާ ދެވަނަ ފަހަރަށް ގޯލަށް ބޯޅަ ފޮނުވާލި ނަމަވެސް ރެފްރީ އެ ލަނޑު ވެސް ނުވަންނަކަމަށް ނިންމާފައެވެ. އާ ގަވާއިދުގައިވާ ގޮތުން ޕެނަލްޓީ ޖަހާ ކުޅުންތެރިއަކަށް ރިބައުންސް ވާ ޕެނަލްޓީއެއް ޖެހޭނީ އެހެން ކުޅުންތެރިއެއްގެ ގައިގައި ޖެހުމަށް ފަހުގައެވެ.