English Edition
Dhivehi Edition

ތުރުކީ އިން ކޮވިޑް-19 ޖެހިގެން ފުރަތަމަ ފަހަރަށް މީހަކު މަރުވެއްޖެ އެވެ.

މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ފެތުރެންފެށި ނުރައްކާތެރި ކޮވިޑް-19 ބަލި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިފައިވާއިރު މި ބަލި ތުރުކީ އިންވެސް ވަނީ ފެނިފައެވެ. މިހާތަނަށް ތުރުކީ އިން ބަލީގެ 98 ކޭސް ވަނީ ފެނިފައެވެ.

ބަލި ޖެހިހެން ތުރުކީ އިން މަރުވެފައި ވަނީ 89 އަހަރުގެ މީހެކެވެ. އެޤައުމުގެ ޞިއްޙަތާއި ބެހޭ ވަޒީރު ވިދާޅުވީ މަރުވި މީހާ އަކީ ޗައިނާ އާއި ގުޅުން އޮންނަ ފަރާތަކަށް މަސައްކަތް ކޮށްދޭ މީހެއް ކަމަށެވެ.

ތުރުކީން ވަނީ ވައިރަސް ފެތުރުން ހުއްޓުވުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ސްކޫލްތަކާއި ކޮލެޖްތައް އަދި މިސްކިތްތައް ބަންދުކޮށްފައިވާއިރު ބައެއް ޤައުމުތަކުން އެ ޤައުމަށް ދަތުރު ނުކުރެވޭ ގޮތްވެސް ވަނީ ހަދާފަ އެވެ. އޭގެ ތެރޭގައި އިނގިރޭސިވިލާތް، ސުވިޒްލޭންޑް، ސައުދި އަރަބިއްޔާ، މިސްރު، ޔޫއޭއީ ހިމެނެ އެވެ.

ބައެއް ޔޫރަޕްގެ ޤައުމުތަކަށް އަދި އެ ޤައުމުތަކުން ތުރުކީއަށް ނުފުރޭ ގޮތްވެސް ތުރުކީ ސަރުކާރުން ވަނީ ހަދާފައެވެ. އެ ޤައުމުތަކުގެ ތެރޭގައި ފްރާންސް، ޖަރުމަންވިލާތް، ސްޕެއިން ހިމެނެއެވެ.

ވައިރަހާއި ގުޅިގެން ތުރުކީގެ ރެސްޓޯރެންތައްވެސް ވަނީ ބަންދުކޮށްފަ އެވެ. މިހާރު ހިންގާ ރެސްޓްރޯރެންޓް ތަކަކީ ވަކި ލައިސެސް އެއްގެ ދަށުން ހިންގާ ތަންތަނެވެ.

ތުރުކީ އިން ވަނީ އުމްރާގެ އަޅުކަމަށްފަހު ސައުދީ އަރަބިއްޔާ އިން އައި 10،000 މީހުން ކަރަންޓީން ކޮށްފައެވެ.