English Edition
Dhivehi Edition

އައްޑޫ ސިޓީގައި ސިލްސިލާކޮށް ކުރިއަށްގެންދާ ޓްރެފިކް އެވެއަރނެސް ޕްރޮގްރާމްތަކުގެ ތެރެއިން މީދޫ ޝަމްސުއްދީން ސްކޫލްގެ ގްރޭޑް 6 އަދި 7 ގެ ދަރިވަރުންނަށް އެވެއަރނެސް ޕްރޮގްރާމެއް ހިންގައިފިއެވެ.

އައްޑޫ ސިޓީގައި ސިލްސިލާ ގޮތެއްގައި ހިންގަމުން ދާ ޓްރެފިކް އެވެއާރނެސް ޕްރޮގްރާމްތަކަކީ އައްޑޫ ސިޓީގެ މަގުތަކުގެ ފެންވަރު ދުވަހުން ދުވަހަށް ރަނގަޅު ވަމުން އަންނާތީއާއި މަގުތަކުގައި ދުއަވާ އުޅަނދުފަހަރު ގިނަ ވަމުން ދާާތީ މަގުމަތީގައި ހިނގާ ނުރައްކާތެރި ހާދިސާތައްމަދު ކުރުމަށްޓަކައި ރައްޔިތުން ހޭލުންތެރި ކުރުމުގެ ގޮތުންހިންގަމުން އަންނަ ޕްރޮގްރާމެކެވެ.

މި އެވެއާރނެސް ޕްރޮގްރާމްގައި އެއްގަމު ދަތުރު ފަތުރުގެ ޤާނޫނާއި ޤަވާއިދުތަކާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. މި ޕްރޮގްރާމުގައި މައުލޫމާތު ދީފައިވަނީ އައްޑޫ ސިޓީ ޕޮލިސްގައި މަސައްކަތްކުރާ ފުލުހުންނެވެ.

އައްޑޫސިޓީގައި ހިންގާ މި ޕްރޮގްރާމްތަކުގެ އިތުރުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ސިލްސިލާ ޓްރެފިކް އޮޕަރޭޝަންތަކެއްވެސް ދަނީ ހިންގަމުންނެވެ.