English Edition
Dhivehi Edition

މުސާރަ އާއި އިނާޔަތްތައް ލިބޭގޮތަށް މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ލީވް ދޭން ނިންމައިފި އެވެ.

އެމްއޭސީއެލް އިން ބުނީ އެ ކުންފުނިން މުސާރައާއި އިނާޔަތްތައް ލިބޭގޮތަށް ލީވް ދޭން ނިންމާފައި ވަނީ ހަލުވިކަމާއި އެކީ ފެތުރެމުން އަންނަ ނުރައްކާތެރި ކޮވިޑް-19 އިން ރައްކާތެރި ވުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.


ރާއްޖޭގެ މައި ވައިގެ ބަނދަރު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ހިންގަމުން އަންނަ އެމްއޭސީއެލް އިން ބުނީ އެ ކުންފުނިން މުސާރައާއި އިނާޔަތްތައް ލިބޭގޮތަށް ޗުއްޓީ ދޭނީ އެކުންފުނީގެ މުވައްޒިފުންގެ ތެރެއިން އުމުރުން 55 އަހަރުން މަތީގެ މުވައްޒަފުންނާއި، ރޯގާގެ އަލާމާތްތައް ފެނިފައިވާ މުވައްޒަފުންނަށާއި މާބަނޑު އަންހެނުންނަށް ކަމަށެވެ.

ސަރުކާރުން ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް ފިޔަވަޅުތަކެއް އަޅާފައިވާއިރު ގިނަ މުއައްސަސާތަކުންވެސް ވަނީ މި ބަލި ކޮންޓްރޯލް ކުރުމަށާއި ބަލީގެ ސަބަބުން ރާއްޖޭގެ އިޤްތިސާދަށް ކުރާނެ އަސަރު ކުޑަ ކުރުމަށް ފިޔަވަޅުތަކެއް އަޅާފަ އެވެ.