English Edition
Dhivehi Edition

ކޮވިޑް19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނިގެން، ވިލިމާލެއިން މީހަކު އެކަހެރިކޮށް ފަރުކޮޅުފުށްޓަށް ގެންދިއުމުގެ މަސައްކަތް ފަށައިފި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ އެމީހާއަކީ ސައުތު ކޮރެއާއަށް ދަތުރުކޮށްފައިވާ ދިވެއްސެއް ކަމަށާއި އޭނާ ފަރުކޮޅުފުުއްޓަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. ދެކުނު ކޮރެއާގެ ދެ ޕްރޮވިންސަކުން މީހުން އައުން ސަރުކާރުން މަނާކޮށްފައިވާއިރު މަބްރޫކް ވިދާޅުވީ ޝައްކު ކުރެވޭ ދިވެހި މީހާ ދަތުރުކޮށްފައި ވަނީ، އެ ދެ ޕްރޮވިންސް ނޫން އެހެން ހިސާބަކުން ކަމަށެވެ.

މީގެ އިތުރުން މަބްރޫކް ވިދާޅުވީ އޭނާގެ ކޮންޓްކްޓް ޓްރޭސިންގގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށާއި، އެ ފަރާތްތައް އައިސޮލޭޝަންގައި ހުރުމަށް އެންގިފައި ވާނެ ކަމަށެވެ.