English Edition
Dhivehi Edition
އައްޑޫގައި ތިއްބެވި ޞިއްޙީ ދާއިރާގެ ބައެއް ފަންނީ ބޭފުޅުން

މިހާރު ފެތުރެމުންދާ ބަލި މަޑުކަމުގައި ރައްޔިތުންނަށް ޚިދުމަތް ކުރުމަށްޓަކައި ހެލްތް މިނިސްޓްރީއަށް އެއްބާރުލުން ދިނުމަށް ތައްޔާރަށް ތިއްބެވި ކަމަށް އައްޑޫގައި ތިއްބެވި ރިޓަޔަރޑް ހެލްތް ވޯރކަރުން ހާމަކޮށްފިއެވެ.

މިބޭފުޅުން މިކަން ހާމަކޮށްފައި ވަނީ ،ހެލްތް މިނިސްޓަރ އަމީން ، މިވަޤުތަކީ މި ބޭފުޅުންގެ އެއްބާރުލުން ޤައުމަށް ބޭނުންވާ ވަޤުތު ކަމަށާއި މިބޭފުޅުންގެ ތަޖްރިބާ އާއި އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ވިދާޅުވެފައި ވަނިކޮންނެވެ.

ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ތިއްބެވި ހެލްތްވޯރކަރުންނާއި އަދި ފަންނީ އެހީތެރިން ދަނީ މިހާރުވެސް ރަށު ފެންވަރުގައި ޞިއްޙީމަރުކަޒު ތަކާއި ހޮސްޕިޓަލުތަކުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގައި އިސްވެ ޙަރަކާތްތެރި ވަމުންނެވެ.

މީގެ ތެރެއިން ގިނަ ބޭފުޅުންނަކީ ރާއްޖޭގައި ކޮލެރާ ފެތުރުނު ދުވަސްވަރު އެ ކަމުގައި ޙަރަކާތްރި ވެލައްވާފައިވާ ތަޖްރިބާކާރު ބޭފުޅުންނެވެ.

މިވަޤުތަކީ، މިބޭފުޅުންގެ ތަޖްރިބާގެ ބޭނުން ރަނގަޅު ގޮތުގައި ހިފައި އެންމެން އެއްސަފެއްގައި ތިބެގެން ޤައުމަށްޓަކައި މަސައްކަތް ކުރަންޖެހޭ ވަޤުތުކަމަށް ބަަލައި މަސައްކަތް ފަށަންވީ ވަޤުތެވެ.

ރިޓަޔަރޑް ފަންނީ އެހީތެރީންނާއި އަދި މިވަގުތު ގޭގައި ތިއްބެވި ފަންނީ ބޭފުޅުންގެ އެއްބާރުލުން މިނާޒުކު ޙާލަތުގައި ލިބިގެންދާކަމީ، މިހާރު ޚިދުމަތުގައި ތިއްބެވި ފަރާތްތަކާއި އަދި ރައްޔިތުން މިބޭފުޅުންނަށް ނުހަނު ޝުކުރު އަދާކުރާކަމެކެވެ.

ދިވެހިންނަކީ އަބަދުވެސް ނަމޫނާ ދައްކާ އެއްބައިވަންތަ ބައެކެވެ. އަޅުގަނޑުމެން ކުރާ މަސައްކަތުގައި މާތްﷲ ބަރަކާތް ލައްވައި އަޅުގަނޑުމެންގެ ރާއްޖޭގެ ރައްޔިތުން މިބަލި މަޑުކަމުން ސަލާމަތްކުރައްވާށި، އާމީން!