English Edition
Dhivehi Edition

އެއް ރިސޯޓު ފިޔަވާ ގާސިމްގެ ހުރިހާ ރިސޯޓެއް ބަންދުކުރަން ނިންމައިފި އެވެ.

ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހީމްގެ ވިލާ ހޮޓެލްސް އެންޑް ރިސޯޓްސް އިން ހިންގާ ޕެރެޑައިޒް އައިލެންޑް ރިސޯޓު ފިޔަވާ އެ ކުންފުނީގެ ހުރިހާ ރިސޯޓެއް ބަންދުކުރަން ނިންމައިފި އެވެ.

6 ރިސޯޓު ވިލާ ހޮޓެލްސް އެންޑް ރިސޯޓްސް އިން ހިންގާއިރު އެ ކުންފުނިން ރިސޯޓް ތައް ބަންދުކުރަން ނިންމީ ހަލުވިކަމާއި އެކީ ފެތުރޭ ނުރައްކާތެރި ކޮވިޑް-19 ހުއްޓުވުމަށެވެ.

އެ ކުންފުނީގެ އެންމެ ބޮޑު މާކެޓްތަކުން އަޅާފައިވާ ޓްރެވަލް ރިސްޓްރިކްޝަންތަކާއި ގުޅިގެން އެ ކުންފުނީގެ ރިސޯޓްތައް ބަންދުކުރި އިރު މިހާރު އެ ރިސޯޓްތަކަށް ބުކިން ހަދާފައިވާ ފަރާތްތައް ޕެރެޑައިޒް އައިލެންޑް ރިސޯޓަށް ބަދަލު ކުރެވޭނެ އެވެ.

ގާސިމްގެ ރިސޯޓްތައް ބަންދުކުރުމަށް ނިންމާފައި ވަނީ މިހާރު އެ ރިސޯޓްތަކުގައި ތިބި ފަތުރުވެރިން އެންބުރި އެމީހުންގެ ޤައުމަށް ދިއުމުންނެވެ. އަދި އެ ރިސޯޓްތަކުގެ މުވައްޒަފުންނަށް ވަނީ ނޯ ޕޭއި ލީވް އަށް ދޫކޮށްލުމަށް ހުށައަޅާފައި އެވެ.

މިހާތަނަށް ކޮވިޑް އަށް ފައްސިވެގެން ރާއްޖޭގައި 13 ފަރާތަކަށް ވަނީ ފަރުވާދޭން ފަށާފަ އެވެ.