English Edition
Dhivehi Edition

ކޮވިޑް-19 ވައިރަސް ޖެހުނު މީހުންގެ އަދަދު ރާއްޖޭގައި 11 އަށް އަރައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ އަނަންތަރާ ދިގު ރިސޯޓުން ކޮވިޑް-19 އަށް ޓެސްޓުކުރި މީހެއްގެ ސާމްޕަލް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެޗްޕީއޭ އިން ވިދާޅުވީ ވައިރަހަށް ޕޮޒިޓިވް ވީ ބިދޭސީއެއް ކަމަށެވެ. އޭނާ އަކީ މިވަގުތު ފަރުކޮޅު އައިސޮލޭޝަން ފެސިލިޓީގައި ބަހައްޓާފައިވާ ފަރާތެއް ކަމަށް އެޗްޕީއޭއިން ވިދާޅުވެ އެވެ.

މީގެ އިތުރުން ކޮވިޑް-19 އަށް ރާއްޖެ އިން ޕޮޒިޓިވްވެފައިވާ މީހުންނާއި ބައްދަލުވި މީހުން ނުވަތަ ކޮންޓެކްޓް ސްކްރީނިން ހެދުނު މީހުންގެ އަދަދު 160 އަށް އަރާފައިވާ ކަމަށް ސަރުކާރުންވަނީ ހާމަކޮށްފައެވެ.

ކޮވިޑް-19 އިތުރަށް ފެތުރިޔަ ނުދިނުމަށްޓަކައި ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅާފައިވާއިރު ރާއްޖެއަށް އެތެރެވާ އެއްވެސް ފަތުރުވެރިއަކު ޗެކިން ކުރާ ތަން ނޫން އެހެން ތަނަކަށް ދިއުން މަނާކުރުމުގެ އިތުރުން، ރާއްޖޭގެ ހުރިހާ ރިސޯޓަކުން މުވައްޒަފުން ރިސޯޓުން ބޭރުވުންވެސް ވަނީ މަނާކޮށްފައެވެ.