ޝެރެޓަން މޯލްޑިވްސް ފުލް މޫން ރިސޯޓުން ކޮވިޑ-19 ގެ އަލާމާތްތައް ހުރި މީހަކު ފެނިއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އެ ރިސޯޓުން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރި ބިދޭސީއަކު ފެނިފައިވާ ކަމަށާއި، އޭނާ މިހާރު ވަނީ އެކަހެރިކޮށްފައި ކަމަށެވެ. އަދި އެރަށަށް އަރާ ފޭބުން މަނާކޮށްފައިވާކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ. ‘އޭއޯ ނިއުސް’އަށް މައުލޫމާތު ލިބިފައިވާ ގޮތުން އެމީހާއާއި ކޮންޓެކްޓްވެފައިވާ ހަތަރު ފަރާތެއް މިހާރު އެކަހެރިކޮށްފައިވާއިރު އެމީހާގެ ސާމްޕަލް ނެގުމުގެ މަސައްކަތް އެޗްޕީއޭ އިން އަންނަނީ ކުރަމުންނެވެ.
ރާއްޖެއިން މިހާތަނަށް 05 ރިސޯޓަކުން 09 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާއިރު ރާއްޖޭގެ 08 ރިސޯޓަކަށް އަރާފޭބުންވަނީ މަނާކޮށްފައެވެ.މީގެ އިތުރުން ބަލީގެ އަލާމާތްތައް ފެނިގެން ފަނަރަ މީހެއްގެ ސާމަޕަލް ވަނީ ނަގާފައެވެ.