English Edition
Dhivehi Edition

ނުރައްކާތެރި ކޮވިޑް-19 ވައިރަސް ޖެހިގެން އިންޑިޔާ އިން މީހަކު މަރުވެއްޖެ އެވެ

އިންޑިޔާއިން ވައިރަސް ޖެހިގެން މަރުވެފައި ވަނީ އުމުރުން 76 އަހަރުގެ މީހެކެވެ. މިއީ އެ ޤައުމުން ވައިރަސް ޖެހިގެން މަރުވި ފުރަތަމަ މީހާ އެވެ. މަރުވި މީހަކީ ފެބްރުއަރީ މަހުގެ 29 ވަނަ ދުވަހު ސައުދީ އަރަބިއްޔާ އިން އިންޑިއާއަށް ދިޔަ މީހެކެވެ. އަދި އޭނާ ހައިދަރުއާބާދުގެ އެއާޕޯޓުން ސްކްރީން ކުރުމަށް ފަހު ދޫކޮށްލީ އޭނާގެ ގައިން ބަލީގެ އެއްވެސް އަލާމާތެއް ފެންނަން ނެތުމުންނެވެ. އެހެން ނަމަވެސް ކޮވިޑް-19 ގެ އަލާމާތްތަކެއް ފެނިގެން އޭނާ ވަނީ މާޗް މަހުގެ 05 ވަނަ ދުވަހު ޑޮކްޓަރަށް ދައްކާފައެވެ. އެދުވަހު އޭނާ އެޑްމިޓްކޮށް ޓެސްޓް ކުރުމުން ވަނީ ކޮވިޑް-19 ޖެހިފައި ހުރިކަން ކަށަވަރުވެފައެވެ.

އިންޑިޔާ އިން މިހާތަނަށް 74 މީހުންނަށް ވައިރަސް ޖެހިފައިވާއިރު 4 މީހުން ވަނީ ރަނގަޅު ވެފައެވެ. އިންޑިއާއިން މި ވައިރަސް ފެނުމާއި ގުޅިގެން އެ ގައުމުގެ ސަރުކާރުން ގިނަ ފިޔަވަޅުތަކެއްވަނީ އަޅާފައެވެ.

.